ސްޓެލްކޯ އިން ކަރަންޓުގެ އަގު ހެޔޮކޮށްފި

މާލެއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) --- ސަން ފައިލް ފޮޓޯ

ތެލުގެ އަގު ހެޔޮވުމާ ގުޅިގެން ސްޓެލްކޯ އިން ވިއްކާ ކަރަންޓުގެ އަގު ހެޔޮކުރަން ނިންމައިފި އެވެ.

ސްޓެލްކޯ އިން ދެންމެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އެކުންފުނިން ވިއްކާ ކަރަންޓުގެ އަގު ހެޔޮކުރީ، ޑީސަލް ގަންނަން ލިބޭ އަގު މިއަދުން ފެށިގެން 9.18 ރުފިޔާއަށް ކުޑަވުމުންނެވެ.

އެހެންކަމުން ފިއުލް ސާޗާޖުގެ ގޮތުގައި ނަގާ މިންވަރު ކޮންމެ ޔުނިޓަކުން އަށް ޕަސަންޓު ހެޔޮވާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

މިދިޔަ ހަފްތާގައި އެސްޓީއޯ އިން ވަނީ، އެކުންފުނިން ވިއްކާ ތެލުގެ އަގުތައް މިއަދުން ފެށިގެން ހެޔޮކުރާނެކަން ހާމަކޮށްފަ އެވެ.

ސްޓެލްކޯ އިން ފިއުލް ސާޗާޖުގެ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނަގަމުން އައީ ޔުނިޓަކަށް 38 ލާރި އެވެ. އެހެން ނަމަވެސް މިއަދު ފިއުލް ސާޗާޖަށް ގެނައި ބަދަލާ އެކު، ފިއުލް ސާޗާޖަށް ނަގާ މިންވަރުން ގާތްގަނޑަކަށް ހަތަރު ލާރި ހެޔޮވާނެ އެވެ.

comment ކޮމެންޓް