ހީލިއަމް ފުއްޕާހަން ތަކާއެކު ކުޑަ ކުދިން ހެއްވާލައިފި

އޭޕްރީލް 21، 2017: މޯލްޑިވް ގޭސް އިން ވިއްކަމުންދާ ހީލިއަމް ގޭސް ޕްރޮމޯޓް ކުރުމުގެ ގޮތުން "ހީލިއަމް ހަވީރު"ގެ ނަމުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވް ގޭސް އިން ވިއްކަމުންދާ ހީލިއަމް ގޭސް ޕްރޮމޯޓް ކުރުމުގެ ގޮތުން "ހީލިއަމް ހަވީރު" ގެ ނަމުގައި ހާއްސަ ހަރަކާތެއް މިއަދު ހިންގައިފިއެވެ.

އެ ހަރަކާތް ކުރިޔަށް ގެން ގޮސްފައިވަނީ މިއަދު ހަވީރު 16:00 އިން 18:00 އަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައެވެ.

އެގޮތުން މާލޭގައި މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ، ބްރިޖް ސަރަހައްދުގައި އާއި، ސްޓެލްކޯ ސަަރަހައްދުގެ އިތުރުން، މޯލްޑިވް ގޭސް ޕާކުގައެވެ. ހުޅުމާލޭގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ، ފެރީ ޓާމިނަލް ސަރަހައްދުގައި އާއި، ބާބެކިޔު އޭރިޔާގައެވެ. އަދި ވިލިމާލޭގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ، ފެރީ ޓާމިނަލް ސަރަހައްދުގައެވެ.

މިހަރާކުތައި ގިނަ އަދަދެއްގެ މީހުންނާ ކުޑަ ކުދިން ވަނީ ބައިވެރިވެފައެވެ. މިއަދު ވަނީ އެ ސަރަހައްދު ތަކުގައި ސްޓޯލްތައް ބަހައްޓައިގެން ހީލިއަމް ގޭސް ފުޅިވެސް ވިއްކާފައެވެ. އަދި ކުޑަކުދިންނަށް ހިލޭ ހީލިއަމް ފުއްޕާހަން ވެސް ބެހިއެވެ.

އޭޕްރީލް 21، 2017: މޯލްޑިވް ގޭސް އިން ވިއްކަމުންދާ ހީލިއަމް ގޭސް ޕްރޮމޯޓް ކުރުމުގެ ގޮތުން "ހީލިއަމް ހަވީރު" ގެ ނަމުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ސަން" އަށް މައުލޫމާތުދެމުން މޯލްޑިވް ގޭސްގެ މާކެޓިން މެނޭޖަރ އައިމިނަތު މުހައްމަދު ސައީދު ވިދާޅުވީ،މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ މޯލްޑިވް ގޭސް އިން ވިއްކަމުންދާ ހީލިއަމް ގޭސް ޕްރޮމޯޓް ކުރުމަށް ބޭއްވި ހާއްސަ ހަރަކާތެއް ކަމަށެވެ.

"އަޅުގަންޑުމެން މިއަދު ފަސްލީޓަރުގެ ކޮންމެ ޕޯޓަބަލް ހީލިއަމް ގޭސް ސިލިންޑަރަކާއި އެކީގައި ކޮންމެ ބޭފުޅަކަށްވެސް ފުއްޕާހަން ޕެކެއް އެބަ ހިލޭ ދެން. އެއީ 50 ފުއްޕާހަން ހިމެނޭ ޕެކެއް،" އައިންތު ވިދާޅުވިއެވެ.

އޭގެ އިތުރުން 47 ލީޓަރުގެ ރީފިލް ކުރެވޭ ސިލިންޑާ ވެސް ވަރަށް ހެޔޮއަގުގައި ވަނީ މިއަދު ވިއްކާފައެވެ. ކުރީގެ އަގަށް ވުރެ އަގު ހެޔޮކޮށެވެ.

އޭޕްރީލް 21، 2017: މޯލްޑިވް ގޭސް އިން ވިއްކަމުންދާ ހީލިއަމް ގޭސް ޕްރޮމޯޓް ކުރުމުގެ ގޮތުން "ހީލިއަމް ހަވީރު" ގެ ނަމުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިންތު ވިދާޅުވީ، މިއަދު ކުރިޔަށް ގެންދިޔަ ހަރަކާތުގެ އިތުރުން ފޭސްބުކް މެދުވެރިކޮށް ވެސް ހީލިއަމް ޕްރޮމޯޝަނެއް ކުރިއަށްދާނެ ކަމަށެވެ. އެ ޕްރޮމޯޝަންގައި މޯލްޑިވް ގޭސް ޕޭޖްގައިވާ ހީލިއަމް ޕޯޓަބަލް ސިލިންޑާ ޕޯސްޓް ޝެއާކޮށްގެން ގުރުއަތުން ހޮވޭ ފަރާތަކަށް ހީލިއަމް ފުޅިއެއް ހިލޭ ލިބޭނެކަމަށް އައިންތު ވިދާޅުވިއެވެ.

މޯލްޑިވް ގޭސް އިން މިއަދު ކުރިޔަށް ގެންދިޔަ ހަރަކާތުގައި ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ބޭންޑު ހަބޭސް ގެ ހިތްގައިމު ހަރަކާތްތައް ވަނީ ފެނިގެން ގޮސްފައެވެ.

comment ކޮމެންޓް