ހައިކޯޓުގެ ރެޖިސްޓްރާ ހަސަން މަގާމުން ވަކިކޮށްފި

ހައިކޯޓުގެ ރެޖިސްޓްރާގެ މަގާމުގައި ހުންނެވި ހަސަން އަލީ --- ފޮޓޯ/ ރައީސް އޮފީސް

ހައިކޯޓުގެ ރެޖިސްޓްރާގެ މަގާމުގައި ހުންނެވި ހަސަން އަލީ އެ މަގާމުން މިއަދު ވަކި ކުރައްވައިފި އެވެ.

ހަސަން އަލީ ހައިކޯޓު ރެޖިސްޓްރާގެ މަގާމުން ވަކިކުރިކަން 'ސަން' އަށް ވަނީ ކަށަވަރު ވެފަ އެވެ. އެކަމާ ގުޅިގެން ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ގުޅާލުމުން ބުނީ މުވައްޒަފުންނާ ބެހޭ މައުލޫމާތު ހާމަ ނުކުރާ ކަމަށެވެ. ނަމަވެސް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ މީޑިއާ އޮފިސަރާ ހަވާލާދީ ބައެއް ނޫސްތަކުގައި އެ މައުލޫމާތު ވަނީ ޖަހައިފަ އެވެ.

ހަސަން އަލީ މަގާމުން ވަކިކުރި ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

މީގެކުރިން އިމިގްރޭޝަނުގެ ކޮންޓްރޯލާ ކަމުގެ މަގާމާއި ހައުސިންގް މިނިސްޓްރީގެ ނައިބުގެ މަގާމު ވެސް އަދާ ކުރައްވާފައިވާ ހަސަން އަލީ ހައިކޯޓު ރެޖިޓްރާގެ މަގާމަށް އައީ މިދިއަ އަހަރު މާޗު މަހު އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް