ސެލްފީއެއް ނަގައިގެން 40،000 ރުފިޔާގެ ސޭލްސް ވައުޗާއެއް ލިބުމުގެ ފުރުސަތު!

އީވޯގެ އެނިވާސަރީ ޕްރޮމޯޝަނުގައި ސެލްފީއެއް ނަގައިގެން 40،000 ރުފިޔާގެ ސޭލްސް ވައުޗަރެއް ލިބޭ މުބާރާތެއް -- ސަން ފޮޓޯ: ފަޔާޒް މޫސާ

ސާޅީސް ހާސް ރުފިޔާގެ އަގުހުރި ސޭލްސް ވައުޗާއެއް ލިބުމުގެ ފުރުސަތާ އެކު، އީވޯ ހޯމްގެ ހަތަރުވަނަ އަހަރީ ދުވަހުގެ ޚާއްސަ ޕްރޮމޯޝަން މިރޭ ފަށައިފިއެވެ.

އީވޯ ހޯމްގެ އަހަރީ ދުވަހަކީ އޭޕްރިލް 20 ވަނަ ދުވަހެވެ.

އީވޯ ހޯމްގެ މާކެޓިންގް މެނޭޖަރު ރިޒްމާ ރަޝީދު "ސަން"އަށް ވިދާޅުވި ގޮތުގައި، މިރޭ އީވޯ ހޯމްގެ އެނިވާސަރީ ޕްރޮމޯޝަން ފަށާފައިވާ އިރު، ޕްރޮމޯޝަނުގެ ދަށުން އީވޯއިން 400 ރުފިޔާއިން މަތީގެ ވިޔަފާރި ކުރާ އެންމެ ފުރަތަމަ 44 ކަސްޓަމަރުންނަށް 25 ޕަސަންޓުގެ ޑިސްކައުންޓް ވައުޗާއެއްގެ އިތުރުން، އީވޯގެ ފަރާތުން ހަދިޔާއެއް ވެސް ލިބޭނެއެވެ.

ފުރަތަމަ 44 ކަސްޓަމަރުންނަށް ދޭ 25 ޕަސަންޓުގެ ޑިސްކައުންޓް ވައުޗަރަކީ އީވޯގެ ކޮންމެ އައުޓްލެޓެއްގައިވެސް ބޭނުން ކުރެވޭނެ ވައުޗަރެކެވެ.

އީވޯގެ އެނިވާސަރީ ޕްރޮމޯޝަނުގެ އެންމެ ޚާއްސަ ހަރަކާތަކީ ސެލްފީއެއް ނަގައިގެން 40،000 ރުފިޔާގެ ސޭލްސް ވައުޗަރެއް ލިބޭ މުބާރާތެވެ.

އީވޯގެ މާކެޓިންގް މެނޭޖަރ ރިޒްމާ ވިދާޅުވީ، އީވޯ ހޯމްގެ ގްރައުންޑް ފްލޯގައި ނަމްބަރު ހަތަރެއްގެ ބޮޑު ޑިސްޕްލޭއެއް ދިއްލައި، ބަހައްޓާފައި ހުންނާނެ ކަމަށެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޖެހޭނީ އެ ޑިސްޕްލޭ އަރާގޮތަށް ސެލްފީއެއް ނަގައި، #Celebrating4EVO ހޭޝްޓެގާ އެކު ފޭސްބުކްގައި ޝެއާ ކުރާށެވެ.

ސާޅީސް ހާސް ރުފިޔާގެ އަގުހުރި ސޭލްސް ވައުޗަރ ލިބޭނީ ފޭސްބުކްގައި އެންމެ ގިނަ ޝެއާސް ލިބޭ ފޮޓޯ ޕޯސްޓުކުރި ފަރާތަކަށެވެ.

މީގެ ހަތަރު އަހަރު ކުރިން އީވޯއިން ފެށި ވިޔަފާރި ފުޅާކޮށް، މިހާރު ވަނީ މާލެއާއި އަތޮޅުތެރޭގައި ހަތަރު އައުޓްލެޓެއް ހުޅުވައިފައެވެ.

comment ކޮމެންޓް