ބޭނުންކުރެވޭ ރިޒާވް 224 މިލިއަން ޑޮލަރަށް އިތުރުވެއްޖެ

މީހަކު ބޭރު ފައިސާތަކެއް ހިފައިގެން: މާޗްމަހު ޔޫސެބަލް ރިޒާވްގައި ހުރި ބޭރު ފައިސާގެ އަދަދު ވަނީ 224 މިލިއަން ޑޮލަރަށް އިތުރުވެފައި --- ސަން ފައިލް ފޮޓޯ

މިދިޔަ މާޗް މަހު ޑޮލަރުގެ ރިޒާވްގެ ތެރެއިން ބޭނުން ކުރެވޭ ރިޒާވް 224 މިލިއަން ޑޮލަރަށް އިތުރުވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ނެރުނު ސްޓެޓިސްޓިކް ރިޕޯޓްގައި ވަނީ މާޗުމަސް ނިމުނުއިރު ޔޫޒަބަލް ރިޒާވް ނުވަތަ ބޭރުފައިސާގެ މުއާމަލާތްތަކުގައި މަރުކަޒީ ބޭންކުގައި ވަގުތުން ވަގުތައް ބޭނުންކުރުމަށް ހުންނަ ރިޒާވް 224.6 މިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށެވެ.

މާޗް މަސް ނިމުނު އިރު ޔޫސަބަލް ރިޒާވް ރެކޯޑް މިންވަރަކަށް އިތުރުވެފައިވާ އިރު، މިދިޔަ ފެބުރުއަރީމަސް ނިމުނުއިރު ޔޫޒަބަލް ރިޒާވް ހުރީ، ދުއިސައްތަ ތޭރަ މިލިއަން ޑޮލަރުގައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ޔޫޒަބަލް ރިޒާވް އިތުރުވެފައިވާއިރު އެ މުއްދަތުގެ ތެރޭގައި ޓޫރިޒަމް ސިނާއަތުން ރާއްޖޭގެ އިގްތިސާދަށް ލިބުނު އާމްދަނީވެސް ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ފަތުރުވެރިކަމުގެ ދާއިރާއިން ވަނީ 790 މިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބިފައެވެ.

comment ކޮމެންޓް