ފުނަދޫ ދަރިވަރުން ހިންގި ހަރަކާތުން ލިބުނު ފައިސާ، އެހީ ބޭނުންވާ ފަރާތްތަކަށް ދީފި

12 އޭޕްރިލް 2017: ފުނަދޫ ސްކޫލުގެ ކެޑޭޓުން އިސްނަގައިގެން ބޮޑެތި ބަލިތަކާ ކުރިމަތިލާންޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ހިންގި ހަރަކާތްތަކުން ލިބުނު ފައިސާ ފުނަދޫގެ ތިން ފަރަތަކަށް ހަވާލުކުރުމަށް ށ.ފުނަދޫ ސުކޫލުގައި ބޭއްވި ރަސްމިއްޔާތިގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފުނަދޫ ސްކޫލުގެ ކެޑޭޓުން އިސްނަގައިގެން ބޮޑެތި ބަލިތަކާ ކުރިމަތިލާންޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ހިންގި ހަރަކާތްތަކުން ލިބުނު ފައިސާ ފުނަދޫގެ ތިން ފަރާތަކާ ހަވާލުކޮށްފި އެވެ.

މިދިޔަ މާޗް މަހުގެ 11 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތްތަކުން 70،000 އަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، ފުނަދޫ ތިން މީހަކަށް ވަނީ އެ ފައިސާ ހަމަ ހަމައަށް ބަހައި ހަވާލުކޮށްފަ އެވެ.

ފުނަދޫ ސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ފަރާތްތަކުގެ އާއިލާއާ ފައިސާ ހަވާލުކޮށްދެއްވީ، ފުނަދޫ ސްކޫލުގެ ޕްރިންސިޕަލް ރޮބާޓް ސިލްވާ އެވެ.

12 އޭޕްރިލް 2017: ފުނަދޫ ސްކޫލުގެ ކެޑޭޓުން އިސްނަގައިގެން ބޮޑެތި ބަލިތަކާ ކުރިމަތިލާންޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ހިންގި ހަރަކާތްތަކުން ލިބުނު ފައިސާ ފުނަދޫގެ ތިން ފަރަތަކަށް ހަވާލުކުރުމަށް ށ.ފުނަދޫ ސުކޫލުގައި ބޭއްވި ރަސްމިއްޔާތިގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"އެހީ ކާނިވާ" ގެ ނަމުގައި މާޗް މަހު ކުރިއަށް ގެންދިޔަ ހަރަކާތުގައި، ފުނަދޫގެ އެކި މުއައްސަސާ ތަކުގެ މުވައްޒަފުން ބައިވެރިވެފައިވާއިރު، އެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ހުރިހާ އުމުރުފުރާގެ މީހުންނަށްވެސް ބައިވެރިވެވޭނެ ގޮތަކަށެވެ.

އެ ހަރަކާތަށް ށ. އަތޮޅު ހޮސްޕިޓަލާއި، ށ. އަތޮޅު ކައުންސިލް އަދި ފުނަދޫ ކައުންސިލްގެ އިތުރުން، ފުނަދޫ ޕޮލިސްގެ މުވައްޒަފުންނާއި އަދި ފުނަދޫ ސުކޫލުގެ ޓީޗަރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

12 އޭޕްރިލް 2017: ފުނަދޫ ސްކޫލުގެ ކެޑޭޓުން އިސްނަގައިގެން ބޮޑެތި ބަލިތަކާ ކުރިމަތިލާންޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ހިންގި ހަރަކާތްތަކުން ލިބުނު ފައިސާ ފުނަދޫގެ ތިން ފަރަތަކަށް ހަވާލުކުރުމަށް ށ.ފުނަދޫ ސުކޫލުގައި ބޭއްވި ރަސްމިއްޔާތިގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފުނަދޫ ސްކޫލުން ބުނީ، އެ ހަރަކާތް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ ސްކޫލުގެ ދަރިވަރުންނާއި އާއްމުންގެ މެދުގައި އެހީތެރިވުމުގެ ރީތި ސިފަ ދިރުވާ އާލާކޮށް، ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

ފުނަދޫ ސުކޫލުގެ ކެޑޭޓް ކޯ އިން ބުނީ، އަމާޒަކީ ކޮންމެ އަހަރަކުވެސް މަދުވެގެން އެއް ފަހަރު އެފަދަ ހަރަކާތްތައް ބޭއްވުން ކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް ހަރަކާތްކުރިއަށް ގެންދާނީ ތަފާތު ދާއިރާތަކުން ބޭނުން ޖެހިފައިވާ މީހުންނަށް އެހީވުމަށް ކަމަށެވެ.

މިއަހަރުގެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ކިޑްނީ ބަދަލުކުރަން ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ހާއްސަކޮށްގެންނެވެ.

comment ކޮމެންޓް