އާންމުކޮށް ހުޅުވާލައިގެން އިންފްލުއެންޒާ ވެކްސިން ދޭނީ މާލޭގެ ހަތް ސަރަހައްދެއްގައި

ވެކްސިން ޖެހުމަށް އޭޑީކޭގައި ހަދާފައިވާ ކިޔު --- ސަންފޮޓޯ/ ފަޔާޒު މޫސާ

މާދަމައިން ފެށިގެން އިންފްލުއެންޒާ ވެކްސިން އާންމުކޮށް އެންމެންނަށް ހުޅުވާލައިގެން ދޭން ނިންމައި، މާލޭގެ ހަތް ސަރަހައްދެއްގައި ވެކްސިން ޖަހައިދޭ ސެންޓަރުތައް ގާއިމްކޮށްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މާދަމައިން ފެށިގެން، ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު ދަމަނަ ވެއްޓާއި މޯލްޑިވިއަން ބްލަޑް ސާވިސް އާއި ސެނެހިޔާ އަދި އޭޑީކޭ ހޮސްޕިޓަލްގެ އިތުރުން އައިޖީއެމްއެޗްހައި ވެކްސިން ޖަހައިދޭނެ ކަމަށެވެ.

މީގެ އިތުރުން ވިލިމާލެ އާއި ހުޅުމާލޭގައި ވެސް ވެކްސިން ޖަހައިދޭން ނިންމާފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ.

އެޗްވަންއެންވަން ރޯގާ ރާއްޖޭގައި ފެތުރި ހަތް މީހަކު މަރުވެފައިވާއިރު، 300 އަށްވުރެ ގިނަ މީހުންނަށް އެ ރޯގާ ޖެހުނެވެ. އަދި ފަރުވާކޮށްގެން ބައެއް މީހުންނަށް ބަލި ފަސޭހަ ވެފައިވާއިރު އަދިވެސް ޕޮޒިޓިވް ވި ބައެއް މީހުންނަށް ދަނީ ފަރުވާ ދެމެންނެވެ. ނަމަވެސް ކުރިން އިއުލާން ކުރި ރެޑް އެލާޓު ވަނީ އަނބުރައި ގެންގޮސްފަ އެވެ.

އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި ރޯގާ ވަނީ ކޮންޓްރޯލް ކުރެވިފަ އެވެ.

comment ކޮމެންޓް