ވަރަށް އަވަހަށް 'ޑޮން 3'ގެ މަސައްކަތް ފެށޭނެ ކަމަށް އުންމީދު ކުރަން: ފަރްހާން

'ޑޮން' ސިލްސިލާގެ ތިން ވަނަ ފިލްމު، 'ޑޮން 3'ގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމުގެ އުންމީދުގައި ހުރި ކަމަށް، ފިލްމުގެ ޑައިރެކްޓަރު ފަރްހާން އަޚްތަރު ބުނެފި އެވެ.

ފޭސްބުކް ލައިވް ޗެޓް މެދުވެރިކޮށް ހޯމަ ދުވަހު އޭނާގެ ސަޕޯޓަރުންނާ ވާހަކަ ދައްކަމުން ފަރްހާން ބުނީ މަސައްކަތުގެ ދާއިރާގައި މިހާރު ތަފާތު ކަންތައްތަކެއް ކުރެވެމުން އަންނަ ކަމަށާއި، ވަރަށް އަވަހަށް 'ޑޮން 3' އާ ގުޅޭ ޚަބަރެއް ހިއްސާ ކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

'ޑޮން'ގެ ފުރަތަމަ ފިލްމު ނުކުތީ 1978 ވަނަ އަހަރު އެވެ. އެ ފިލްމުގައި ފެނިގެން ދިޔައީ އަމީތާބު ބައްޗަން އެވެ. އެއަށް ފަހު 2006 ވަނަ އަހަރު 'ޑޮން: ދަ ޗޭސް ބިގިންސް' ރިލީޒް ކުރި އެވެ. 'ޑޮން 2' ރިލީޒް ކުރީ 2011 ވަނަ އަހަރު އެވެ.

ފަރްހާން ޑައިރެކްޓު ކުރާ އެ ފިލްމު ސީރީޒް އަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފަ އެވެ. 'ޑޮން' ސީރީޒްގެ ފިލްމުތަކުގައި ލީޑު ރޯލުން ފެނިގެން ދަނީ ބޮލީވުޑުގެ ރަސްގެފާނު ޝާހުރުކް ޚާން އަދި ކާމިޔާބު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އެވެ.

'ޑޮން' ސީރީޒްގެ ފިލްމުތަކުން ވަނީ ގިނަ އެވޯޑުތަކަކަށް ނޮމިނޭޓްވެ އަދި ފާހަގަ ކޮށްލެވޭ އެވޯޑުތައް ހާސިލް ކޮށްފަ އެވެ.

comment ކޮމެންޓް