ކްލަބް މޯލްޑިވްސްގައި ވާދަ ކުރާ ޕޮލިސް ކުލަބަށް ސްޕޯންސަރެއް ހަމަޖައްސައިފި

ޕޮލިސް ކުލަބްގެ ފިރިހެން ފުޓްސަލް ޓީމުގެ ސްޕޮންސަރަކަށް ސެވަން ވީކްސް ބިލްޑިންގ އެންޑް ކޮންޓްރަކްޝަން ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކުރަނީ--ފޮޓޯ/ ޕޮލިސް

ކްލަބް މޯލްޑިވްސް 2017ގައި ވާދަކުރާ ޕޮލިސް ކްލަބްގެ ފިރިހެން ފުޓްސަލް ޓީމުގެ ސްޕޮންސަރަކަށް ސެވަން ވީކްސް ބިލްޑިންގް އެންޑް ކޮންޓްރަކްޝަން ހަމަޖައްސައިފި އެވެ.

ޕޮލިސް ކްލަބްގެ ފިރިހެން ފުޓްސަލް ޓީމުގެ ސްޕޮންސަރަކަށް ސެވަން ވީކްސް ބިލްޑިންގް އެންޑް ކޮންޓްރަކްޝަން ހަމަޖައްސައި އެކަމަށް ޓަކައި އެ މުވައްސަސާއާއި ސްޕޮންސަރުންނާ ދެމެދު މާރިޗް މަހުގެ 26 ވަނަ ދުވަހު ވަނީ އެއް ބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ޕޮލިސް ކްލަބުން މި އެއްބަސްވުމުގައި ޕޮލިސް ކްލަބު ނައިބު ރައީސް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ނަދީމް ސޮއިކުރެއްވި އިރު ސެވަން ވީކްސް ބިލްޑިންގް އެންޑް ކޮންސްޓްރަކްޝަނުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަޙްމަދު މުޖާހް އެވެ.

އެ މުބާރާތުގައި ޕޮލިސް ކްލަބުގެ ފިރިހެން ފުޓްސަލް ޓީމު ވާދަކުރާ ފުރަތަމަ މެޗުގައި ނުކުންނާނީ ފެނަކައާ ދެކޮޅަށެވެ. މި މެޗު އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.

ކްލަބް މޯލްޑިވްސް ކަޕް ފެށުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް މަހުގެ 8 ވަނަ ދުވަހު އެވެ.

comment ކޮމެންޓް