މިޔަރު ދަތް އެޅުމުން ޒަހަމްވި އަތަށް ޖެހެނީ މަސް ލައްވަން

މިޔަރެއް ދަތް އެޅުމުން ޒަޚަމްވި މީހާ -- ސަން ފޮޓޯ: ކިޔުންތެރިއެއް

ނިކަ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ޓޫރިސްޓުން ގޮވައިގެން މަހަށް ގޮސް އުޅުމުގެ ތެރޭގައި މިޔަރެއް ވަނީ އޭނާގެ އަތުގައި ދަތް އަޅައިފަ އެވެ. އެ ހާދިސާ ހިނގީ މިޔަރެއް ބޭނިގެން ބުޅި ނައްޓަން އުޅުމުގެ ތެރެއިންނެވެ.

އެ ހާދިސާގައި ޒަހަމްވެފައި ވަނީ އެރިސޯޓުގެ ދޯންޏެއްގައި ފަޅުވެރިއަކަށް މަސައްކަތްކުރާ އިއްޒަތު ހަސަން އެވެ. އެ ހާދިސާއަށް ފަހު އިއްޔެ އޭނާ މާލެ ގެނެސް އައިޖީއެމްއެޗް އިން އަންނަނީ ފަރުވާދެމުންނެވެ.

މިޔަރެއް ދަތް އެޅުމުން ޒަޚަމްވި މީހާ -- ސަން ފޮޓޯ: ކިޔުންތެރިއެއް

"ބުޅި ނައްޓަން އުޅެނިކޮށް އެނބުރިލާފައި މިޔަރު އަތުގައި ހިފީ، އަތް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައި، ތިން އިންޗިއެއްހާތަން ވަނީ ނެއްޓިފައި، އަނެއްހެން އަތާއި ވަތްކެއް ނުވޭ،" ނިކަ ރިސޯޓުގެ ޖެނެރަލް މެނޭޖާ އަބްދުއްރައްޒާގް އަލީ ވިދާޅުވި އެވެ.

އައިޖީއެމްއެޗް އިން ވަނީ އިއްޔެ އޮޕަރޭޝަންކޮށް މިޔަރު ދަތް އެޅުމުން ޒަހަމްވި ތަންތަން ފަހައިފަ އެވެ. ރައްޒާގް ވިދާޅުވީ ފެހުމުން ވެސް އަތުގައި އެއް ހިސާބަށް މަސް ކޮޅެއް މަދުވާ ކަމަށާއި ފަލަމަސްގަނޑުން މަސްކޮޅެއް ނަގައިގެން އެތަނަށް ލުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް