ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލިކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފި

ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލާފައި-- ސަންފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

ގާބުރިއަކުން ޖަހައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ގާބުރިއަކުން ޖަހައި ރައީސް އޮފީހުގެ ބިއްލޫރިގަނޑެއް ތަލާލީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ 43 އަހަރުގެ ފިރިހެނެކެވެ. ނަމަވެސް އެ މީހާގެ އިތުރު ވަނަވަރެއް ފުލުހުން ނުދެ އެވެ.

ފުލުހުން ބުނީ ގާބުރިއަކުން ޖެހުމުން ތަޅައިގެންގޮސްފައި ވަނީ ރައީސް އޮފީހުގެ ދެކުނު ފަރާތު، މައި ދޮރާއްޓާ ދިމާލުން ކުޑަ ދޮރެއް ކަމަށާއި އެކަން ކުރި މީހާ އެކަން ކުރީ ކީއްވެ ކަމެއް އަދި އެނގިފައި ނުވާ ކަމަށެވެ.

comment ކޮމެންޓް