ދިވެހި ކުޅިވަރު މައިދާނުގައި އަންހެނުންނަށް ފުރުޞަތު އެބައޮތް:ޝަވީދު

އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ސަން އަށް އިންޓަވިއު ދެއްވަނީ--ސަން ފޮޓޯ/ ފަޔާޒް މުސާ

ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ކުޅިވަރު މައިދާނުގައި ފިރިހެނުންނަށް، އަންހެނުން ދޫ ނުދޭނެ ކަމަށާއި އަންހެން އެތްލީޓުންގެ ހުނަރު ދުވަހެއް ދުވަހަކަށް ތަރައްޤީ ވަމުން އަންނަ ކަމަށް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ކުޅިވަރުގެ މައިދާނުގައި އަންހެނުންގެ ދައުރާއި ހުރި ފުރުޞަތު ތަކުގެ ވާހަދައްކަމުން ޝަވީދު ސަން ސްޕޯޓްސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ދިވެހި މުޖްތަމައު އަކީ ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ މުޖްތަމައުއެއްކަމުން ކުޅިވަރުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ އަންހެނުންނަށް އެފުރުޞަތު އަބަދުވެސް އޮންނާނެކަމަށެވެ.

ރާއްޖޭގެ ކުޅިވަރު ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް އޮލިމްޕިކް ކޮމިޓީން އަބަދުވެސް ކުރައްވަމުންގެންދަވާ ކަމަށާއި އަދި އެމަސައްކަތްތަކުގެ ދަށުން އަންހެން އެޓްލީޓޫނަށްވެސް އެމީހުންގެ ހުނަރު ތަރައްގީ ކުރުމުުގެ ފުރުޞަތު ދެމުންދާ ކަމަށެވެ.

" ރާއްޖޭގައި މިވަގުތުު ތިބ އަންހެން އެތްލީޓުންގެ ފެންވަރު ވަރަށް ބޮޑަށް އެބަފެނިގެންދޭ ، ހައްސަ ގޮތެއްގަ މި ދިޔަަ 4 ވަރަަކަށް އަހަރު ތެރޭގައި އަންހެން އެތްލީޓުންގެ އެ ޓެލެންޓް ވަރަށް ބޮޑަށް ފެނިގެންދިޔަ" ޝަވީދު ވިދާޅުވިއެވެ.

ޝަވީދު ވިދާޅުވީ ދިވެހި އަންހެނުންނަށް ކުޅިވަރުގެ މައިދާނުގައި ވަރަށް ފާގަތި މުސްތަގުބަލެއް އެބައޮތް ކަމަށާއި ބޭނުންވަނީ ކުޅިވަރަށް ޝައުގުވެރިކަން ހުންނަ ކޮންމެ އަނަހެނަކުވެސް އެކަމާއި ކެރިގެން ކުރިމަތިލުންކަމަށެވެ.

comment ކޮމެންޓް