ރަނގަޅު މަސައްކަތަކާގެން އަތުވެއްޖެ ނަމަ ފުރިހަމަ އެހީތެރިކަން ދޭނަން: ނާބެ

މައްލާ ނާބެ 'ސަން' އަށް އިންޓަވިއު ދެނީ--- ސަން ފޮޓޯ/ މުހައްމަދު މުސްތަފާ

ފިލްމީ ދާއިރާގެ ކަންކަންމުގައި ރަނގަޅު މަސައްކަތްތަކާގެން އަތުވެއްޖެނަމަ ފުރިހަމަ އެހީތެރިކަން ދޭނެ ކަަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ނަސީރު (މައްލާ ނާބެ) ބުނެފިއެވެ.

'ސަން' އަށް ދިން އިންޓަވިއެއްގައި ނާބެ ބުނީ،އެ މަަސައްކަތެއްގެ ފެންވަރަށާއި އެހެނިހެން ކަންކަމަސް ބަލައި އެކަށީގެންވާ ރަނގަޅު މަސައްކަތެއް ހިފައިގެން އަންނަ ކޮންމެ މީހަކަށް ވެސް އޭނާގެ ފަރާތުން އެހީތެރިކަން ލިބޭނެ ކަމަށެވެ.

"އަޅުގަނޑުގެ ފަރާތުން އެހީތެރިކަން ލިބޭނެ ހަމަ. އެ މަސައްކަތަކީ ރަނގަޅު ފެންވަރުގެ އެކަށީގެންވާ އެއްޗެއް ވިއްޔާ އިންވެސްޓް ކުރަން ހަމަ ތައްޔާރަށް މިހުރީ،" ނާބެ ބުންޏެވެ.

ނާބެ ބުނީ، އެއްވެސް އިރެއްގައި އެދާއިރާއަށް އެއްކޮށް ދުރަށް ނުދާކަަމަށެވެ. މީގެ ކުރިންވެސް އިޝްތިހާރުތައް އުފެއްދުމާއި ފިލްމީދާއިރާގެ ކަންކަމުގައިވެސް ވަރަށް ބޮޑަށް އުޅެފައި ހުންނާނެ ކަަމަށެވެ.

ވިޔަފާރިވެރިޔާ ނާބެ އަކީ މީގެ ފަނަރަ ވަރަކަށް އަހަރުކުރިން ފިލްމީ ދާއިރާގެ އިތުރުން މިއުޒިކަށް ވެސް އެތަކެއް ފައިސާއެއް ހަރަދުކޮށް، އެއިން ބޮޑެތި ގެއްލުންތަކެއް ވެސް ލިބިފައިވާ މީހެކެވެ.

މައްލާ ނާބެ 'ސަން' އަށް އިންޓަވިއު ދެނީ--- ސަން ފޮޓޯ/ މުހައްމަދު މުސްތަފާ

"ތަންކޮޅެއް ޕްރޮފެޝަނަލް ނުވާތީ އެހެން އެވީ. އެއީ ވަރަށް ބޮޑު އިބުރަތެއް އަސްލު. މިފަހަރު މި ގަސްދު ކުރަނީ ތަންކޮޅެއް ރަނގަޅު އެގްރިމެންޓް ތަކެއް ހަދައިގެން ކުރިޔަށް ދާން. ކުރީގަ ތަންކޮޅެއް ފަސޭހަ ކޮށްލެވުނީމަ މިހެން މިވީ،" ނާބެ ބުންޏެވެ.

ނާބެ ބުނަނީ، މިދާއިރާގައިވެސް ގާބިލް މޮޅެތި ބައެއް އެބަ ތިބި ކަމަށާއި އެ އެންމެންގެ ފަރާތުންވެސް ވަރަށް ގިނަ ކަންތައްތަކެއް ބޭނުންވާ ކަމަށެވެ. އަދި ދިވެހި ފިލްމު އިންޑަސްޓްރީ ބޭރުގެ ފެންވަރަށް ގެންދެވިދާނެ ކަަމަށެވެ.ނަމަވެސް އެއީ ހުރިހާ ތަރިންގެ އެއްބާރުލުމާއި އެކުގައި ކުރެވޭނެ ކަންކަން ކަމަށް ވެސް ނާބެ ވަނީ ފާހަގަ ކޮށްފައެވެ.

"ވަރަށް ބޮޑަށް އެބަހުރި ގާބިލްކަން ހުރިހާ ކުދިންގެ ކިބައިގަވެސް. ވަރަށް ހުނަރުވެރި ކުދިންވެސް އެބަތިބި. އެކަމަކު އެކުދިންނަކީ ވަރަށް އަގުހުރި، ގަދަރުވެރި ބައެއްކަން އެހެން މީހުންނަށް އިހުސާސް ވާ ގޮތަށް އުޅުން ބޭނުން ވަނީ . އެބަޖެހޭ ވަރަށް އިހުލާސްތެރި ބަޔަކަށް ވާން. އެހެން އުޅުނީމަ އިންޑިޔާ އެކޭ އަދި ހޮލީވުޑެކޭ އެއްފެންވަރެއްގަ ހަމަ އެކުދިންނަށްވެސް އުޅެވޭނެ. އެކުދިންގެ އަހުލާގީ މިންގަނޑު ރަގަޅު ވެއްޖެއްޖެ ނަމަ ރާއްޖޭގަވެސް އުޅޭނީ ހަމަ ވަރަށް ރަނގަޅު ކުދިން،" ރިސޯޓާއި ޝިޕިން ދާއިރާގެ އިތުރުން އާންމު ވިޔަފާރީގެ އެންމެ ކުރީގައި ހިމެނޭ ނާބެ ބުންޏެވެ.

މީގެ ކުރިން ފަސްވަރަކަށް ފިލްމު ޕްރޮޑިއުސް ކޮށްފައިވާ ނާބެ ބުނީ، ދިވެހި ފިލްމު އިންޑަސްޓްރީ އަށްވެސް ކުރިއެރުން ލިބޭނެ ކަމަށާއި ފިލްމީ ދާއިރާއަކީވެސް ރަނގަޅު އާމްދަނީ އެއް ލިބޭނެ ދައިރާއެއް ކަމަށެވެ. ނަމަވެސް ފިލްމީ ދާއިރާގައި ތިބި ތަރިންނަކީ އަހުލާގު ރަނގަޅު ބަޔަކަށް ވާންޖެހޭ ކަމަށްވެސް ނާބެ ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރިލީޒް ކުރި "މަލިކާ" އަކީ ނާބެ އާއި އިބްރާހިމް ރަޝީދު (މަހުރަބު އިއްބެ) ގެ އުފެއްދުމެކެެވެ. ނާބެ ބުނަނީ މިއަހަރުގެ ތެރޭގައިވެސް ރަނގަޅި އިބުރައްތަކެއް ހާސިލްވާނެ ދެ ފިލްމެއް ބެލުންތެރިންނަށް ގެެނެސްދިނުމަށް މަަސައްކަތްކުރާ ކަމަށެވެ.

"މަލިކާ" މިއީ މައްލާ ނާބެގެ އުފެއްދުމެއް---

އޭގެ އިތުރުން ގިނަ ދުވަސްތަކަށްފަހު ފިލްމީދާއިރާގެ މަސައްކަތްތައް ކުރުމަށް އެނބުރި އައިިއރު އެ ދާއިރާގައި ހުރިހާ ވަގުތެއް ހުސްކުރެވެން ނެތް ނަމަވެސް އޭނާގެ ފަރާތުން މަސައްކަތް ކުރާނެެ ބަޔަކު ތިބި ކަމަށް ވެސް ނާބެ ބުންޏެވެ.

" މިފަހަރުވެސް ފިލްމު ހެދުމާއި އަދި ފިލްމު ދެއްކުމުގެ އުޅުނީ އަޅުގަނޑުމެނެއް ނޫން. އެ ކޮންމެސް ބަޔަކަށް އަގެއްދީފަ ހަވާލުކުރީމަ އެމީހުން އެކަންތައް އެކުރަނީ،"ނާބެ ބުންޏެވެ.

ނާބެ ބުނީ،ފިލްމީ ދާއިރާއާ ދުރަށް ދިޔުމުގެ އެއްވެސް ހިޔާލެއް ނުގެންގުޅޭ ކަމަށާއި ފިލްމުތަކަށް އިންވެސްޓްކޮށްގެންވެސް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ. ނަމަވެސް ދެން ފިލްމީ ދާއިރާގެ މަަސައްކަތް ތައް ކުރުމަށް ސްޓޫޑިއޯ ތަކާއި އެހެން ސާމާނުތައް ހޯދައިގެން މަަސައްކަތް ކުރުމުގެ ހިޔާލު ނުގެންގުޅޭ ކަމަށްވެސް އޭނާ ބުންޏެވެ.

އެހެންވީމައި ނާބެ އަނެއްކާވެސް އުންމީދުތަކަކާއި އެކު ފިލްމީ ދާއިރާއަށް އެނބުރި އައީ އެވެ. ރަނގަޅު މަަސައްކަތްތަކަށް އިންވެސްޓްކޮށްދޭން ނާބެ ހަމަ ތައްޔާރެވެ.

comment ކޮމެންޓް