ސްޓޮކްް މާކެޓް ތަރައްގީ ކުރުމާގުޅޭ ގޮތުން ބޫޓާނާ އެކު ރާއްޖެ އިން މަޝްވަރާކޮށްފި

ބޫޓާންގެ ސްޓޮކް އެކްސްޗޭންޖުގެ ސީއީއޯ ޑޯޖީ (ކ) އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ސީއީއޯ ހަސަން މަނިކު --- ފޮޓޯ: މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު

ސްޓޮކް މާކެޓް ތަރައްގީކުރުމަށް، ކުދި ގައުމުތަކަށް ނިސްބަތްވާ، ދެ އެކްސްޗޭންޖުން ކަމުގައިވާ ރޯޔަލް ސެކިއުރިޓީޒް އެކްސްޗޭންޖް އޮފް ބޫޓާން (ބޫޓާން ސްޓޮކް އެކްސްޗޭންޖް) އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އިން މަޝްވަރާކޮށްފި އެވެ.

އެ މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ބޫޓާން ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯ ޑޯޖީ ފުންޓްޝޯ މި މަހުގެ 22 އިން 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ކުރެއްވި ދަތުރުގަ އެވެ. ޑޯޖީ ކުރެއްވި ދަތުރުފުޅާ ގުޅިގެން މޯލްޑިވްސް ސްޓޮކް އެކްސްޗޭންކުގެ ސީއީއޯ ހަސަން މަނިކު ވިދާޅުވީ، ބޫޓާން އާއި ރާއްޖޭގެ ސްޓޮކް މާކެޓަކީ ވަރަށް ގިނަ ކަންތައްތައް އެއްގޮތް ދެ މާކެޓް ކަމަށެވެ. އަދި، ދެ ބޭފުޅުންގެ މެދުގައި ކުރެވުނު މަޝްވަރާގެ އަލީގައި، ދެ ގައުމު ގުޅިގެން ޓެކްނޮލޮޖީގެ ބޭނުން ހިފޭނެ ގޮތްތައް އިތުރަށް ދިރާސާ ކުރައްވަން ގަސްދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އިން ބުނީ ރާއްޖެ ފަދަ ގައުމުތަކާ ގުޅިގެން މަސައްކަތްކޮށް އެފަދަ ގައުމުތަކުގެ ތަޖުރިބާގެ އަލީގައި ދިވެހިރާއްޖޭގެ ސްޓޮކް މާކެޓް ތަރައްގީ ކުރުމަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ އެއް އަމާޒު ކަމަށެވެ.

"ދެހާސް ސޯޅަ ވަނަ އަހަރުގެ ތެރޭގައި ސައްތައިން ސައްތަ ދިވެހި ކުންފުންޏަކުން އާންމުންނަށް ހިއްސާ ވިއްކަން ފަށާފައިވާކަން ފާހަގަކުރަމެވެ. ބައިނަލްއަގުވާމީ ކުންފުންޏެއް ކަމުގައިވާ އޫރީދޫގެ ހިއްސާ އޮންނަ އޫރީދޫ މޯލްޑިވްސް އިން ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކޮށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ވަނަ އަހަރު ލިސްޓްކޮށްފައިވާކަން ވެސް ފާހަގަ ކުރަމެވެ." އެ ކުންފުނިން ބުންޏެވެ.

ޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު އިން ވަނީ، ރާއްޖޭގެ ވިޔަފާރިތަކުން ފަންޑު ހޯދުމަށް ބޭނުންވާ އަސާސީ ޕްލެޓްފޯމް ގާއިމުކޮށްދީފަ އެވެ. އަދި ފަންޑު ހޯދުމަށް ހިއްސާ ނުވަތަ ބޮންޑު ވިއްކާ ފަރާތްތަކުން އެކްސްޗޭންޖްގައި ލިސްޓުކުރުމުގެ އިޖުރާޢަތުތައް ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން، އެކްސްޗޭންޖްގައި ލިސްޓުކޮށްގެން މުސްތަޤުބަލުގައި ފަންޑު ހޯދުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށް، ކަމާބެހޭ ފަންނީ ލަފަޔާއި އިރުޝާދު މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ މެދުވެރިކޮށް ފޯރުކޮށްދެ އެވެ.

މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީއަކީ، ރާއްޖޭގެ ސްޓޮކް މާކެޓަށް އަންނަ ކުންފުނިތަކުން ކަރުދާހާނުލައި މުޢާމަލާތްކުރެވޭނެ ނިޒާމު ހިންގާ ފަރާތެވެ. އަދި، ސްޓޮކް މާކެޓްގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކުގެ މުޢާމަލާތްތައް ފަސޭހައިން ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ޓަކައި، އެމްއެސްޑީ އެކައުންޓް ހުޅުވައިދީ، ހިއްސާއާ ބެހޭ މުޢާމަލާތްތަކުގެ ރިކޯޑުތައް ބެލެހެއްޓުމަކީ، އެމްއެސްޑީ އިން ދެމުން އަންނަ ޚިދުމަތެކެވެ. މީގެ އިތުރުން، އެމްއެސްޑީ އިން އަންނަނީ ލިސްޓުކުރާ ކުންފުނިތަކުގެ ދަފްތަރު ބެލެހެއްޓުމާއި ސްޓޮކް މާކެޓާގުޅޭ އެހެނިހެން ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.

ޫޓާން ސްޓޮކް އެކްސްޗޭންޖް އުފައްދާފައި ވަނީ، 1993 ވަނަ އަހަރުގަ އެވެ. އަދި މިހާތަނަށް އައި އިރު، އެކްސްޗޭންޖްގައި ލިސްޓުކޮށްފައި ވަނީ 21 ކުންފުންޏެކެވެ. ބޫޓާން ސްޓޮކް އެކްސްޗޭންޖްގެ މާކެޓް ކެޕިޓަލައިޒޭޝަނަކީ،375 މިލިއަން ޑޮލަރެވެ. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖަކީ 2008 ވަނަ އަހަރު، ސައްތައިން ސައްތަ ޕްރައިވެޓް ސެކްޓަރ ސްޓޮކް އެކްސްޗޭންޖެއްގެ ގޮތުގައި، ސީއެމްޑީއޭ އިން ލައިސަންސްކޮށްފައިވާ ފަރާތެކެވެ. އަދި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީއަކީ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ސައްތައިން ސައްތަ ސަބްސިޑިއަރީ ކުންފުންޏެކެވެ.

comment ކޮމެންޓް