ސްޓިންގާސް ބަލިކޮށް، އެލްޓީން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފި

ތިންވަނަ އެމްބީއޭ ކަޕްގެ ދެވަނަ ޑިވިޝަންގެ ފައިނަލުގައި ސްޓިންގާސްއާއި އެލްޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދީ އެލްޓީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ތިންވަނަ އެމްބީއޭ ކަޕްގެ ދެވަނަ ޑިވިޝަންގެ ފައިނަލުގައި ސްޓިންގާސް ބާސްކެޓްބޯލް ކްލަބު ބަލިކޮށް، އެލްޓީ ސްޕޯޓްސް ކްލަބުން ޗެމްޕިއަންކަން ހޯދައިފިއެވެ.

ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ސްޓިންގާސްގެ މައްޗަށް އެލްޓީން ކުރި ހޯދާފައިވަނީ ވާދަވެރި ކުޅުމަކަށްފަހު 80-71 ޕޮއިންޓުންނެވެ.

ތިންވަނަ އެމްބީއޭ ކަޕްގެ ދެވަނަ ޑިވިޝަންގެ ފައިނަލުގައި ސްޓިންގާސްއާއި އެލްޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދީ އެލްޓީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ މެޗުގައި އެލްޓީއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނު އަހްމަދު ރާއިދު ސަލީމްއެވެ. އޭނާ ވަނީ އެޓީމަށް 26 ޕޮއިންޓް ހޯދައިދީފައެވެ. އެ މެޗުގައި ސްޓިންގާސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 17 ޕޮއިންޓް ހޯދި ފަރުހާން އިސްމާއީލެވެ.

ދެވަނަ ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ މަގާމަށް ހޮވުނީ ސްޓިންގާސްގެ މުހައްމަދު ސަބީހު ތައުފީގާއި، ރެޑް ވިންގްސް ބާސްކެޓްބޯލް ކްލަބުގެ މުހައްމަދު އަޝްމަލްއާއި، އެލްޓީގެ މުހައްމަދު އީވާން ޒާހަރާއި، ސްޓިންގާސްގެ މުހައްމަދު އަޒްމަން އަދި އެލްޓީގެ އަބްދުﷲ ފިރުނާޝްއެވެ. އެ ޑިވިޝަންގެ އެންމެ ފައިދާހުރި ކުޅުމެއް ދެއްކި ކުޅުންތެރިޔަކަށް ހޮވުނީ އެލްޓީގެ އަހްމަދު ރާއިދު ސަލީމެވެ.

ތިންވަނަ އެމްބީއޭ ކަޕްގެ ދެވަނަ ޑިވިޝަންގެ ފައިނަލުގައި ސްޓިންގާސްއާއި އެލްޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދީ އެލްޓީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ މުބާރާތުގެ އަންހެން ޑިވިޝަންގެ ކުޅުން ވެސް މިހާރު ވަނީ ނިމިފައެވެ. އެ ޑިވިޝަންގެ ޗެމްޕިއަންކަން ސައިކްލޯން ބާސްކެޓްބޯލް ކްލަބުން ހޯދިއިރު، ރަނަރަޕްކަން ހޯދީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖެވެ.

އެ މުބާރާތުގެ ފިރިހެނުންގެ ފުރަތަމަ ޑިވިޝަންގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭއެވެ. އެ މެޗުގައި ބައްދަލުކުރާނީ ޓީރެކްސް ބާސްކެޓްބޯލް ކްލަބާއި މިދިޔަ މަހު އުފެދުނު ކިންގްސް ބާސްކެޓްބޯލް ކްލަބެވެ.

comment ކޮމެންޓް