ހަ ފަހަރުގެ ޗެމްޕިއަން ނާޒިމް ބަލިކޮށް، އާޒިމް ޗެމްޕިއަންކަން ހޯދައިފި

ގައުމީ ކެރަމް މުބާރާތުގެ ފިރިހެނުންގެ ސިންގަލްސް ފައިނަލުގައި އާޒިމާއި ނާޒިމް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-1 ސެޓުން ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދީ އާޒިމް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގައުމީ ކެރަމް މުބާރާތުގެ ހަ ފަހަރުގެ ޗެމްޕިއަން ހަސަން ނާޒިމް ބަލިކޮށް، އަލީ އާޒިމް ފިރިހެނުންގެ ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ކެރަމް ހޯލްގައި މިއަދު ހަވީރު ކުޅުނު ސިންގަލްސް ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަންކަން ވެސް ހޯދާފައިވާ ނާޒިމްގެ މައްޗަށް އާޒިމް ކުރި ހޯދީ 2-1 ސެޓުންނެވެ.

ފައިނަލް މެޗުގެ ފުރަތަމަ ސެޓު 17-18 އިން އާޒިމް މޮޅުވި ނަމަވެސް، ބްލެކް ސްލޭމްއާއެކު 25-0 އިން ނާޒިމް ވަނީ ދެވަނަ ސެޓު ގެންގޮސްފައެވެ. އާޒިމް ޗެމްޕިއަންކަން ކަށަވަރުކުރީ ފަހު ސެޓު 6-25 އިން ގެންގޮސްގެންނެވެ. ކެރަމްގައި ބްލެކް ސްލޭމްއަކީ ފުރަތަމަ ކުޅެން ލިބޭ ފުރުސަތުގައި އިދިކޮޅު ކުޅުންތެރިޔާއަށް ފުރުސަތެއް ނުދީ ބޯޑުގައި ހުރި ހުރިހާ ކަޅު ފޮއްޗެއް ވައްޓާލުމެވެ.

ގައުމީ ކެރަމް މުބާރާތުގެ ފިރިހެނުންގެ ސިންގަލްސް ފައިނަލުގައި އާޒިމާއި ނާޒިމް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-1 ސެޓުން ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދީ އާޒިމް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ މުބާރާތުގެ ފިރިހެނުންގެ ސިންގަލްސް ފިޔަވާ އެހެން ހުރިހާ ފައިނަލެއް އިއްޔެ ކުރިއަށްދިޔައެވެ. އޭގެ ތެރޭގައި އަންހެނުންގެ ސިންގަލްސްއާއި، ފިރިހެނުންގެ ޑަބަލްސްއާއި، އަންހެނުންގެ ޑަބަލްސް އަދި މިކްސް ޑަބަލްސްގެ އިވެންޓްތައް ހިމެނެއެވެ.

އަންހެނުންގެ ސިންގަލްސް:

ޗެމްޕިއަން- އައިމިނަތު ވިދާދު.

ރަނަރަޕް- އައިމިނަތު ވިޝާމާ.

ފިރިހެނުންގެ ޑަބަލްސް:

ޗެމްޕިއަން- އަލީ އާޒިމާއި ހުސައިން އަލީ.

ރަނަރަޕް- އިސްމާއިލް އަޒްމީނާއި މުހައްމަދު މުންތަސިރު.

އަންހެނުންގެ ޑަބަލްސް:

ޗެމްޕިއަން- އައިޝަތު ފައިނާޒާއި އައިމިނަތު ވިޝާމާ.

ރަނަރަޕް- ފާތިމަތު ރަޔާންއާއި އައިމިނަތު ޝުބާ.

މިކްސް ޑަބަލްސް:

ޗެމްޕިއަން- ހުސައިން ނީޝަމްއާއި އައިމިނަތު ވިޝާމާ.

ރަނަރަޕް- ހަސަން ނާޒިމާއި އައިޝަތު ފައިނާޒް.

comment ކޮމެންޓް