1،600 އަށް ވުރެ ގިނަ ބަނގުރާފުޅި ނައްތާލައިފި

ބަނގުރާ ނައްތާލަނީ -- ފޮޓޯ/ ކަސްޓަމްސް

އެކި ސަބަބުތަކާ ހެދި ކަސްޓަމުން ހިފަހައްޓާފައިވާ، އަދި އެއާޕޯޓާއި ބޮންޑެޑް ވެއާހައުސްތަކުގައި ހުރި ހަލާކުވެފައިވާ 1،600 އަށް ވުރެ ގިނަ ބަނގުރާފުޅިއާއި ބިޔަރު ދަޅުތަކެއް ނައްތާލައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނި ގޮތުގައި ކަސްޓަމުން އެކި ސަބަބުތަކާ ހެދި ހިފަހައްޓާފައިވާ 1،107 ބަނގުރާފުޅިއާއި 180 ބިޔަރު ދަޅު އިއްޔެ ވަނީ ނައްތާލައިފައެވެ

އަދި އޭގެ އިތުރުން އެމްއޭސީއެލްސް ބޮންޑެޑް ވެއާހައުސްއާއި ޑިއުޓީ ފްރީތަކުގައި ހުރި، މުއްދަތު ހަމަވެފައިވާ، އަދި އެހެނިހެން ގޮތްގޮތުން ހަލާކުވެފައިވާ 601 ބަނގުރާފުޅިވެސް ނައްތާލާފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމުން ބުނީ އެތަކެތި އިއްޔެ ނައްތާލީ ހުޅުމާލޭގައި އަލަށް ހިއްކި ސަރަހައްދުގައި، ކަސްޓަމްސްގެ އިތުރުން އެމްއޭސީއެލްއާއި ޑިފެންސް މިނިސްޓްރީގެ ބޭފުޅުންގެ ހާޒިރުގައެވެ.

ބަނގުރަލަކީ ހުއްދައާ ނުލައި ރާއްޖެ އެތެރެކުރުން މަނާ އެއްޗެކެވެ. ރާއްޖޭގައި ބަނގުރާ ވިއްކުމުގެ ހުއްދަ އޮންނަނީ ޓޫރިސްޓު ރިސޯޓުތަކާއި ޓޫރިސްޓު އުޅަނދުތަކުގައެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ގެންގުޅުމަކީ މަނާކަމެކެވެ.

comment ކޮމެންޓް