ގައުމީ ކެރަމް މުބާރާތުގެ ޑަބަލްސް އިވެންޓްތައް ނިންމާލައިފި

މިހާރު ކުރިއަށްދާ ގައުމީ ކެރަމް މުބާރާތުގެ ތެރެއިން: އެ މުބާރާތުގެ ޑަބަލްސް އިވެންޓްގެ ފައިނަލް މެޗުތައް އިއްޔެ ކުރިއަށްދިޔަ --- ފޮޓޯ/ ކެރަމް އެސޯސިއޭޝަން

ކެރަމް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ 27 ވަނަ ގައުމީ ކެރަމް މުބާރާތުގެ ޑަބަލްސް އިވެންޓްތައް ނިންމާލައިފި އެވެ.

ކެރަމް ހޯލްގައި ފިރިހެނުންގެ ޑަބަލްސްއާއި، އަންހެނުންގެ ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓްގެ ފައިނަލް މެޗުތައް އިއްޔެ ކުރިއަށްދިޔަ އެވެ.

ފިރިހެނުންގެ ޑަބަލްސް އިވެންޓްގެ ފައިނަލުގައި އިސްމާއިލް އަޒްމީނާއި މުހައްމަދު މުންތަސިރުގެ ޕެއާ ބަލިކުރުމަށް އަލީ އާޒިމާއި ހުސައިން އަލީގެ ޕެއާ ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެ އިވެންޓްގެ ތިންވަނަ ހޯދީ އަލީ އަކްރަމާއި ޔަމާން އަބްދުލް ޖަލީލްގެ ޕެއާ އެވެ.

އަންހެނުންގެ ޑަބަލްސް އިވެންޓްގެ ފައިނަލުގައި ފާތިމަތު ރަޔާންއާއި އައިމިނަތު ޝުބާ އާދަމްގެ ޕެއާ ބަލިކުރުމަށް ފަހު، ޗެމްޕިއަންކަން ހޯދީ އައިޝަތު ފައިނާޒާއި އައިމިނަތު ވިޝާމާގެ ޕެއާ އެވެ. އެ އިވެންޓްގެ ތިންވަނަ ހޯދީ އައިމިނަތު ވިދާދުއާއި އައިމިނަތު ނިފާޝާގެ ޕެއާ އެވެ.

މިކްސް ޑަބަލްސް އިވެންޓްގެ ފައިނަލުގައި ހަސަން ނާޒިމާއި އައިޝަތު ފައިނާޒްގެ ޕެއާ ބަލިކުރުމަށް ފަހު، ޗެމްޕިއަންކަން ހޯދީ ހުސައިން ނީޝަމްއާއި އައިމިނަތު ވިޝާމާގެ ޕެއާ އެވެ. އެ އިވެންޓްގެ ތިންވަނަ ހޯދީ އަލީ އަކްރަމާއި އައިމިނަތު ވިދާދުގެ ޕެއާ އެވެ.

އެ މުބާރާތުގައި ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓް ކުރިއަށްދާ އިރު، ޖުމްލަ 55 ކުޅުންތެރިން ވާދަކުރެ އެވެ. މިމަހުގެ 18 އިން ފެށިގެން ކުރިއަށްދާ އެ މުބާރާތް މިއަދު ނިމިގެންދާނީ ފިރިހެނުންގެ ސިންގަލްސް އިވެންޓްގެ ފައިނަލް މެޗަށް ފަހު އެވެ.

comment ކޮމެންޓް