ފިޖީ ކައިރިއަށް 6.6 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ

މީގެ ކުރިން ނިއުޒީލެންޑަށް އައި ބާރުގަދަ ބިންހެލުމެއް އިމާރާތަކަށް ގެއްލުން ލިބިފައި -- ފައިލް ފޮޓޯ: އޭޕީ

ފިޖީ ކައިރިއަށް 6.6 މެގްނިޓިއުޑްގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ އެވެ.

އެ ބިންހެލުން އައިސްފައިވަނީ ރާއްޖޭ ގަޑިން މިރޭ 10:28 ގައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އެ ބިންހެލުމަކީ ރާއްޖެއާ ވަރަށް ދުރަށް އައި ބިން ހެލުމެއް ކަމުން، އެ ބިންހެލުމުގެ އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށެވެ.

އެ އިދާރާއިން ބުނީ އެ ބިންހެލުން އައިސްފައިވަނީ ރާއްޖޭގެ އިރު ދެކުނުން 11900 ކިލޯ މީޓަރު ދުރަށް ކަމަށެވެ.

މިރޭ ފިޖީއަށް ބިންހެލުމެއް އައިސްފައިވާއިރު، މިދިޔަ އަންގާރަ ދުވަހު ވަނީ ބޮލީވިއާއަށް 6.5 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައެވެ.

comment ކޮމެންޓް