ކޭއެފްސީއާއި ޕިއްޒާހަޓު ހަތަރު މަސް ތެރޭގައި ހުޅުވަނީ

23 ފެބްރުއަރީ 2017: ރަސްފަންނު ޕެވިލިއަންގެ މަސައްކަތްތައް ކުރިޔަށް ދާ ގޮތް ދައްކާލުން: ޕެވިލިއަންއަށް ކޭއެފްސީއާއި ޕިއްޒާހަޓުގެ އިތުރުން އިތުރު ދެ ފްރެންޗައިޒެއްވެސް ގެނައުމަށް ވަނީ ނިންމާފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރަސްފަންނުގައި ކޭއެފްސީ އަދި ޕިއްޒާހަޓާ އެކު ތަރައްގީކުރާ ޕެވިލިއަން ހުޅުވުމަށް އަދި ހަތަރު ވަރަކަށް މަސް ނަގާނެ ކަމަށް އެސަރަހައްދު ތަރައްގީކުރާ ބްރަދާސް ކޭޓަރިންގްއިން ބުނެފި އެވެ.

ބްރަދާސް ކޭޓަރިންގްއަށް ޕެވިލިއަން ހެދުމަށް ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު އެވެ. ހަ މަސް ދުވަހުގެ ތެރޭގައި އެތަން ތަރައްގީކޮށް ހުޅުވާނެ ކަމަށް އޭރު އެކުންފުނިން ބުންޏެވެ.

ރަސްފަންނު ޕެވިލިއަން ސަރަހައްދުގައި މިއަދު މައުލޫމާތު ދެމުން، ބްރަދާސް ކޭޓަރިންގްގެ ފަރާތުން ޕެވިލިއަންއަށް ފްރެންޗައިޒް ގެންނަ ގެމާ ކާސްޓަވޭ ކުންފުނީގެ ޗެއާމަން ހުސައިން ހިލްމީ ވިދާޅުވީ، އެތަނުގެ ފިޒިކަލް މަސައްކަތެއް ނުފެނުނަސް، މަސައްކަތްތައް ކުރިޔަށް ހިނގަމުންދާ ކަމަށެވެ.

23 ފެބްރުއަރީ 2017: ރަސްފަންނު ޕެވިލިއަންގެ މަސައްކަތްތައް ކުރިޔަށް ދާ ގޮތް ދައްކާލުން: ޕެވިލިއަންއަށް ކޭއެފްސީއާއި ޕިއްޒާހަޓުގެ އިތުރުން އިތުރު ދެ ފްރެންޗައިޒެއްވެސް ގެނައުމަށް ވަނީ ނިންމާފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ފިޒިކަލީ މަސައްކަތެއް ނުފެނުނަސް މަސައްކަތް ހިނގާ. ޕްލޭނިންގްއާއި ޑްރޮވިންގްތަކާއި އެޕްރޫވަލް ހޯދުން ފަދަ ކަންކަން ކުރަމުން ދަނީ،"

އޭނާ ވިދާޅުވީ ގިނަ ބްރޭންޑުތަކެއް އެއް ތަނަކަށް ގެނައުމަށް މަސައްކަތް ކުރާ އިރު، އިމާރާތް ނިމޭ އިރު އެތަނުގައި ހުންނަން ޖެހޭ މިންގަނޑުތަކެއް ހުންނަން ޖެހޭނެ ކަމަށެވެ.

އަދި ޕެވިލިއަން ހުޅުވުން ލަސްވަމުން ދަނީ ހުރިހާ ފްރެންޗައިޒްތަކުގެ މިންގަނޑުތަކަށް އެތަން ފައްތަން ޖެހޭތީ ކަމަށް ހިލްމީ ވިދާޅުވި އެވެ.

23 ފެބްރުއަރީ 2017: ރަސްފަންނު ޕެވިލިއަންގެ މަސައްކަތްތައް ކުރިޔަށް ދާ ގޮތް ދައްކާލުން: ޕެވިލިއަންއަށް ކޭއެފްސީއާއި ޕިއްޒާހަޓުގެ އިތުރުން އިތުރު ދެ ފްރެންޗައިޒެއްވެސް ގެނައުމަށް ވަނީ ނިންމާފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"މިތާގައި ކާ އެއްޗެހި ތައްޔާރު ކުރާ އިރު ދެ ބަޔަކު އެއް ގޮތަކަށް ނޫން އެކަން ކުރާނީ. އަދި އެކައްޗެއް ނޫން ބޭނުންކުރާނީ. ސީޓިންގް ކެޕޭސިޓީއާ ޕްރޮޕޯޝަންތަކާ މިންގަނޑުތައް ތަފާތުވާނެ،" އޭނާ ވިދާޅުވި އެވެ.

"މިއަދު އެންމެ ފަހުގެ އިންސްޕެކްޝަނަށް މިތަނަށް އެ އައީ ބޭރުގެ ފަރާތްތައް،"

އޭނާ ވިދާޅުވީ އިންސްޕެކްޝަންގެ ކަންކަން ނިންމައި، އަންނަ މަހުގެ ފަހުކޮޅު، ޕެވިލިއަން ނިންމުމުގެ މަސައްކަތް ފަށައި، ނިންމާލެވޭނެ ކަމަށެވެ.

"ތިން ހަތަރު މަސް ތެރޭގައި މިތަން ހުޅުވުން އުންމީދަކީ،" ހުސައިން ހިލްމީ ވިދާޅުވި އެވެ.

23 ފެބްރުއަރީ 2017: ރަސްފަންނު ޕެވިލިއަންގެ މަސައްކަތްތައް ކުރިޔަށް ދާ ގޮތް ދައްކާލުން: ޕެވިލިއަންއަށް ކޭއެފްސީއާއި ޕިއްޒާހަޓުގެ އިތުރުން އިތުރު ދެ ފްރެންޗައިޒެއްވެސް ގެނައުމަށް ވަނީ ނިންމާފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޕެވިލިއަންގެ ތިރީގައި ކޭއެފްސީ ހުންނަ އިރު، މަތީ ބުރީގައި ހުންނާނީ ޕިއްޒާހަޓެވެ. މަގު ހުރަސްކޮށް ޕެވިލިއަންގެ ފުރަތަމަ ފަންގިފިލާއަށް އެރޭ ގޮތަށް އޯވަހެޑް ބްރިޖެއް ހަދައި، އޭގެ މަސައްކަތް މިހާރު ނިންމާފައިވާ އިރު، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެރޭ ގޮތަށް ރޭމްޕަކާ ލިފްޓެއް ވެސް، އޯވަހެޑް ބްރިޖަށް އަރާ ސިޑިއާ ދިމާލުން ގާއިމުކޮށްފައިވެ އެވެ.

ޕެވިލިއަންއަށް ކޭއެފްސީއާއި ޕިއްޒާހަޓުގެ އިތުރުން، މަޝްހޫރު މެކްސިކަން ފުޑް ފްރެންޗައިޒް ޓަކޯބެލް އަދި ޕޭސްޓްރީ ފްރެންޗައިޒް ޑެލިފްރާންސް ވެސް ޕެވިލިއަންއަށް ގެންނާނެ ކަމަށް ބްރަދާޒް ކޭޓަރިންގްއިން ބުނެ އެވެ.

comment ކޮމެންޓް