"ކޮކާ ކޯލާގެ ނަސީބުވެރިން ބޭންކޮކަށް ފުރައިފި

ކޮކާކޯލާގެ ނަސީބުވެރިން މިއަދު އެއާޕޯޓްގައި -- ސަން ފޮޓޯ/ މުސްތަފާ

އާ އަހަރު ފެށުމާ ދިމާކޮށް ކޮކޯ ކޯލާ ކުންފުނިން ފެއްޓި "ކޮކާ ކޯލާ-ޓޭސްޓް ދި ފީލިން" ޕްރޮމޯޝަންގެ 54 ނަސީބުވެރިން މިއަދު ބެންކޮކަށް ފުރައިފި އެވެ.

މިއީ މިދިޔަ މަހުގެ އެެއް ވަނަ ދުވަހުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ ޕްރޮމޯޝަނުން ގުރުއަތުން ހޮވުނު ނަސީބުވެރިންނެވެ.

ކޮކާކޯލާ ފުޅީގެ މަތިގަނޑުގެ ދަށުގައިވާ ނަންބަރު އެސްއެމްއެސް ކުރާ މީހުންގެ މެދުގައި ގުރުއަތެއް ނަގައިގެން ނަސީބުވެރިން ހޮވާ ގޮތަށް ބޭއްވި ޕްރޮމޯޝަންގައި މުޅި އެކު 27 ބޭފުޅަކަށް، އެއިން ކޮންމެ ބޭފުޅަކާ އެކު އިތުރު ބޭފުޅެއް ގޮވައިގެން ބެންކޮކަށް ދަތުރު ކުރުމުގެ ފުރުސަތު ދީފައިވެ އެވެ. ހަތަރު ދުވަހަށް ބެންކޮކްގައި ޗުއްޓީ ހޭދަކޮށްލުމަށް ކުރާ ހިލޭ ދަތުރުގައި ހުރިހާ ބޭފުޅުން ވެސް ތިބުމަށް ހަމަޖެހިފައި ވަނީ ބެންކޮކްގެ ފަސްތަރީގެ ހޮޓަލެއްގަ އެވެ.

އެ ދަތުރުގައި ކުޑަ ކުދިންގޮވައިގެންދާ ބޭފުޅުންނަށް ވެސް ފަސޭހަ އިންތިޒާމެއް ހަމަޖެހިފައިވާނެ ކަމަށް ކޮކާކޯލާ ކޮމްޕެނީ އިން ބުންޏެވެ.

"މި ހިލޭ ދަތުރުގައި 54 ފަރާތެއް ބެންކޮކުގައި ޗުއްޓީ ހޭދަކޮށްލުމަށް ދަތުރު ކުރާނެ. އެއީ 27 ކަޕުލްސް. އަދި ވެސް މިކަހަލަ އިތުރު ޕްރޮމޯޝަންތަކެއް މި އަހަރު ވެސް ވަރަށް އަވަހަށް ފަށާނެ،" ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓްގައި ހުރެ ކޮކޯ ކޯލާ ކުނަފުނީގެ މާކެޓިން އެގްޒެކެޓިވް އަހުމަދު ނަބީލް ވިދާޅުވި އެވެ.

ޕްރޮމޯޝަނުން ގުރުއަތުން ހޮވުނު ހުރިހާ ނަސީބުވެރިން ވެސް ތިބީ މިކަހަލަ ޕްރޮމޯޝަންތައް ކުރިޔަށް ގެންދާތީ ވަރަށް އުފާވެފަ އެވެ.

"ވަރަށް އެކްސައިޓްވެފައި މިހުރީ މިކަހަލަ ފުރުސަތެއް ލިބުނީތީވެ. ދެމަތިނގަޑު އެސްއެމްއެސް ކުރީ ވެސް. ދެން މި ފުރުސަތުގައި ކޮކާ ކޯލާ ކުންފުންޏަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކޮށްލަން ބޭނުން،" ބެންކޮކް ދަތުރު ލިބުނު ފަަރާތެއް ބުންޏެވެ.

comment ކޮމެންޓް