ހާއްސަ އެހީއަށް ބެނުންވާ މީހާ ނިޔާވީ ބަލިވެގެން ފަރުވާ ދެނިކޮށް: ހެލްތް މިނިސްޓްރީ

ކ.ގުރައިދޫ ގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން އުމުރުން ދުވަސްވީ މީހެއް ރޭ ދަންވަރު މަރުވެއްޖެ----

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ބަލިވެގެން އިތުރު ފަރުވާއަށް މާލެ ގެނައި، މީހާ ނިޔާވީ ބަލިވެގެން ފަރުވާދެނިކޮށް ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

އުމުރުން 72 އަހަރުގެ ހުސެއިން މޫސާ މަނިކު، ނިޔާވީ ރޭ ދަންވަރު އެކެއް ޖަހަނިކޮށް އައިޖީއެމްއެޗްގައެވެ.

ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ސައުދާ ވިދާޅުވީ، އެމީހާއަށް އެރަށުންވެސް ދެ ދުވަހު ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސް ފަރުވާދޭން ފެށިކަމަށެވެ. އަދި ގިނަ ޓެސްޓް ތައްވެސް ހެދިކަމަށާއި އޭނާ ނިޔާވީ މާލެ ގެނައިތާ ތިންވަނައަށް ވީދުވަހު ކަމަށެވެ.

އޭނާ ނިޔާވި އިރު ވަރަށް ބޮޑަށް ހުންއައިސްފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށް ވެސް ސައުދާ ވިދާޅުވިއެވެ.

ރޭ ފަތިސްނަމާދަށް ފަހު އޭނާ ވަޅުލާފައިވާކަމަށެވެ.

comment ކޮމެންޓް