ސިންގަލްސްގެ ފައިނަލް މެޗުތަކަށް ފަހު ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް މިރޭ ނިމެނީ

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ 26 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ތެރެއިން --- ފޮޓޯ/ ޓީޓީ އެސޯސިއޭޝަން

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ 26 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ސިންގަލްސް އިވެންޓްތަކުން ފައިނަލް މެޗުތަކުން މިރޭ އެ މުބާރާތް ނިމިގެންދާނެ އެވެ.

ޓީޓީ ހޯލްގައި މިއަދު އިރުއޮއްސި 6:00 އިން ފެށިގެން ފުރަތަމަ ޑިވިޝަންގެ ފިރިހެނުންގެ ސިންގަލްސް އިވެންޓްގެ ފައިނަލާއި އަންހެނުންގެ ސިންގަލްސް އިވެންޓްގެ ފައިނަލްގެ އިތުރުން ފިރިހެނުންގެ ޑަބަލްސް އިވެންޓްގެ ފައިނަލް ވެސް ކުރިއަށްދާނެ އެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ 26 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ތެރެއިން --- ފޮޓޯ/ ޓީޓީ އެސޯސިއޭޝަން

އެ މުބާރާތުގެ އަންހެނުންގެ ސިންގަލްސް އިވެންޓްގެ ފައިނަލުގައި ވާދަކުރާނީ އައިމިނަތު ޝިއުރާ ޝަރީފާއި ރާއްޖޭގެ އެއްވަނަ އަންހެން ޓީޓީ ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމްއެވެ. ފިރިހެނުންގެ ސިންގަލްސް ފައިނަލުގައި ވާދަކުރާނީ މުހައްމަދު ޒީސްތު ނަސީމާއި ސްރީލަންކާ ކުޅުންތެރިޔާ ދޫމިތު ވީރުސެނާ އެވެ.

ސިންގަލްސް ފައިނަލް މެޗުތަކުގެ ކުރިން މިއަދު އެންމެ ފުރަތަމަ ކުރިއަށްދާނީ ފިރިހެނުންގެ ޑަބަލްސް އިވެންޓްގެ ފައިނަލް މެޗެވެ. އެ މެޗުގައި ވާދަކުރާނީ މައިޒަރު އާދަމް ޒާހިރާއި މުހައްމަދު ޒީސްތު ނަސީމްގެ ޕެއާ އަދި މޫސާ މުންސިފާއި އަލީ އާދަމް މަނިކުގެ ޕެއާ އެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ 26 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ތެރެއިން --- ފޮޓޯ/ ޓީޓީ އެސޯސިއޭޝަން

ފިރިހެނުންގެ 9 އަހަރުންދަށުގެ ސިންގަލްސް:

ޗެމްޕިއަން- ދޫމިތު ވީރުސެނާ، ރަނަރަޕް- ސެތިކު ޑިންސާރާ.

އަންހެނުންގެ 9 އަހަރުންދަށުގެ ސިންގަލްސް:

ޗެމްޕިއަން- މިޝްކާ މުހައްމަދު އިބްރާހިމް، ރަނަރަޕް- އައިޝަތު ޒާރާ ޝާހިލް.

ފިރިހެނުންގެ 12 އަހަރުންދަށުގެ ސިންގަލްސް:

ޗެމްޕިއަން- ދޫމިތު ވީރުސެނާ، ރަނަރަޕް- އަބްދުލް ރަހުމާން ބިން ހަސަން.

އަންހެނުންގެ 12 އަހަރުންދަށުގެ ސިންގަލްސް:

ޗެމްޕިއަން- ދިޔާމް ސިފާހު ސައީދު، ރަނަރަޕް- ޒުބާ އަހްމަދު ރިޔާޒް.

ފިރިހެނުންގެ 15 އަހަރުންދަށުގެ ސިންގަލްސް:

ޗެމްޕިއަން- އަޚްޔާރް އަހްމަދު ޚާލިދު، ރަނަރަޕް- އަހްމަދު ނާއިފް ނަސީރު.

އަންހެނުންގެ 15 އަހަރުންދަށުގެ ސިންގަލްސް:

ޗެމްޕިއަން- ފާތިމަތު ޝަދާ މަމްދޫހް، ރަނަރަޕް- ފާތިމަތު މަލޫޝާ މުއާޒް.

އަންހެނުންގެ 18 އަހަރުންދަށުގެ ޑަބަލްސް:

ޗެމްޕިއަން- އައިޝަތު ރަފާ ނާޒިމް / ލައިސާ ފަތުހުﷲ އިސްމާއިލް، ރަނަރަޕް- ފާތިމަތު މަލޫޝާ މުއާޒް / އައިމިނަތު މަލީޝާ މުއާޒް.

ދެވަނަ ޑިވިޝަން ފިރިހެނުންގެ ސިންގަލްސް:

ޗެމްޕިއަން- ލީ ނިންގް، ރަނަރަޕް- މުހައްމަދު ރާފިއު.

ދެވަނަ ޑިވިޝަން ފިރިހެނުންގެ ޑަބަލްސް:

ޗެމްޕިއަން- ލީ ނިންގް / މުހައްމަދު ނަފީލް، ރަނަރަޕް- ނުވާން އަނޫޖާ / މުހައްމަދު ރާފިއު.

ވެޓެރަންސް ފިރިހެނުންގެ ސިންގަލްސް:

ޗެމްޕިއަން- އަލީ އާދަމް މަނިކު، ރަނަރަޕް- އިބްރާހިމް ލަތީފް.

ވެޓެރަންސް ފިރިހެނުންގެ ޑަބަލްސް:

ޗެމްޕިއަން- އަލީ އާދަމް މަނިކު / މުހައްމަދު ޔާސިރު، ރަނަރަޕް- އިބްރާހިމް ލަތީފް / އަބްދުﷲ ޝަރީފް.

ފުރަތަމަ ޑިވިޝަން އަންހެނުންގެ ޑަބަލްސް:

ޗެމްޕިއަން- މަރިޔަމް ޝަފީގް / ފާތިމަތު ޖުމާނާ، ރަނަރަޕް- އައިމިނަތު ޝިއުރާ ޝަރީފް / އައިޝަތު ފަދުވާ ރަޝީދު.

ފުރަތަމަ ޑިވިޝަން މިކްސް ޑަބަލްސް:

ޗެމްޕިއަން- އައިޝަތު ރަފާ ނާޒިމް / މުހައްމަދު ޒީސްތު ނަސީމް، ރަނަރަޕް- އައިޝަތު ފަދުވާ ރަޝީދު / މޫސާ މުންސިފް.

comment ކޮމެންޓް