ސައިކަލް ޓެކްސީކޮށްގެން ދުވާލަކަށް 700 ރުފިޔާގެ އާމްދަނީއެއް

އަންހެން ޑްރައިވަރުން ހިމެނޭ ގޮތަށް 20 ސައިކަލާއެކު ސައިކަލް ޓެކްސީގެ ހިދުމަތް ރާއްޖޭގައި ފެށުމަށް ކާނިވާ ސަރަހައްދު ބޭއްވި ހަފްލާގެ ތެރެއިން: ސައިލް ޓެކްސީގައި ދަތުރެއް ކޮށްދޭނީ 10 ރުފިޔާއަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސައިކަލް ޓެކްސީކޮށްގެން ބޮޑު އާމްދަނީއެއް ލިބޭ ކަމަށާއި ނަމަވެސް ޑްރައިވަރުންގެ ދަތިކަން ބޮޑުކަމަށް އެދަތުރުތައް ކުރާ ސެންޓަރުތަކުން ބުނެފިއެވެ.

އަނުއާ ޓެކްސީގެ ވެރިޔާ އިބްރާހިމް ނާޒިމް ސަން އަށް ވިދާޅުވީ އެކުންފުނިން 26 ޑުރައިވަރުން އެކިގަޑިތަކުގައި ދަތުރުކުރާއިރު އޭގެ ތެރެއިން ގިނަ ޑުރައިވަރުންނަކީ ޕާޓައިމް މީހުން ކަމަށެވެ.

އެ ސެންޓަރުގައި އަށް ޑުރައިވަރުން ފުލްޓައިމްކޮށް މަސައްކަތްކުރާއިރު ދުވާލެއްގެ މައްޗަށް 600 ރުފިޔާއާއި 700 ރުފިޔާއާއި ދެމެދުގެ އާމްދަނީއެއް ހޯދަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"ޑިމާންޑާއި އެއްވަރަށް ދުއްވާނެ ކުދިން ނުލިބެނީ، މިހާރުވެސް 50 ޕަސެންޓް ދަތުރު ނުކުރެވިގެން މިއުޅެންޖެހެނީ،" ނާޒިމް ވިދާޅުވިއެވެ.

ސުކޫ ޓެކްސީގެ ޖެނެރަލް މެނޭޖާ މުހައްމަދު އާދަމް "ސަން"އަށް ވިދާޅުވީ އަށް ސައިކަލާއެކު އެބޭފުޅުން ހިދުމަތް ދެމުންދާއިރު ޕާޓްޓައިމްކޮށް މަސައްކަތްކުރާ އެ ޑުރައިވަރުންނަށް 250 ރުފިޔާ އާއި 300 ރުފިޔާއާއި ދޭތެރޭގެ އާމްދަނީއެއް ލިބޭ ކަމަށެވެ.

ސައިކަލް ޓެކްސީގެ ދަތުރެއް ކުރަނީ 10 ރުފިޔާއަށެވެ.

ކާރު ޓެކްސީގެ ދަތުރެއް 25 ރުފިޔާއަށް ކުރާއިރު ޑުރައިވަރުން މައުލޫމާތު ދޭ ގޮތުގައި އެވެރެޖްކޮށް ދުވާލެއްގެ މައްޗަށް ލިބެނީ 1000 އެއްހާ ރުފިޔާ ކަމަށެވެ.

comment ކޮމެންޓް