މިކްސް ޑަބަލްސް އިވެންޓްގެ ފައިނަލަށް ދަތުރުކުރި ކުޅުންތެރިން ކަށަވަރުވެއްޖެ

މިދިޔަ އަހަރު ކުރިއަށްދިޔަ ގައުމީ ކެރަމް މުބާރާތުގެ ތެރެއިން: މިއަހަރުގެ މުބާރާތުގައި ޖުމްލަ 55 ކުޅުންތެރިން ވާދަކުރޭ --- ފައިލް ފޮޓޯ/ ކެރަމް އެސޯސިއޭޝަން

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ 27 ވަނަ ގައުމީ ކެރަމް މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓްގެ ފައިނަލަށް ދަތުރުކުރި ކުޅުންތެރިން ކަށަވަރުވެއްޖެއެވެ.

އިއްޔެއިން ފެށިގެން ކުރިއަށްދާ އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައިވަނީ ހަސަން ނާޒިމް އާއި އައިޝަތު ފައިނާޒްގެ ފެއާ އާއި ހުސައިން ނީޝަމްއާއި އައިމިނަތު ވިޝާމާގެ ޕެއާއެވެ.

ކެރަމް ހޯލްގައި ރޭ ކުރިއަށްދިޔަ އެ މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ނިޒާމް އާއި ފައިނާޒްގެ ޕެއާ ވަނީ ސީދާ ދެ ސެޓުން އަލީ އަކްރަމް އާއި އައިމިނަތު ވިދާދުގެ ޕެއާގެ މައްޗަށް ކުރި ހޯދައިފައެވެ.

އެ މުބާރާތުގެ ސެމީގެ ދެވަނަ މެޗުގައި ނީޝަމް އާއި ވިޝާމާގެ ޕެއާ ނުކުތީ މުހައްމަދު މުންތަސިރު އާއި އައިޝަތު ޒުލްފިޝާންގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗު ނީޝަމް އާއި ވިޝާމާގެ ޕެއާ ކުރި ހޯދީ 2-1 ސެޓުންނެވެ.

އެ މުބާރާތުގައި ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓް ކުރިއަށްދާއިރު، ޖުމްލަ 55 ކުޅުންތެރިން ވާދަކުރާނެއެވެ. އިއްޔެއިން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މުބާރާތުގެ ކުޅުން ކުރިއަށްދާނެއެވެ.

މިރޭގެ ފުރަތަމަ ސެޝަންގައި ކުރިއަށްދާނީ އެ މުބާރާތުގެ މެންސް ޑަބަލްސްގެ ކުއާޓާ ފައިނަލްގެ މެޗުތަކެވެ. އަދި ދެވަނަ ސެޝަންގައި ކުރިއަށްދާނީ މެންސް ޑަބަލްސް އަދި ވިމެންސް ޑަބަލްސްގެ ސެމީ ފައިނަލް މެޗުތަކެވެ.

comment ކޮމެންޓް