ޖަޔަލަލީތާ އަވަހާރަވީ އިންފެކްޝަނެއްގެ ސަބަބުން ގުނަވަންތައް ފެއިލްވެގެން

އިންޑިއާގެ ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު ޖަޔާރަމް ޖަަޔަލަލީތާ --- ފޮޓޯ// އެންޑީޓީވީ

ނިއުދިއްލީ (ފެބުރުއަރީ 6): އިންޑިއާގެ ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު ޖަޔާރަމް ޖަަޔަލަލީތާ އަވަހާރަވީ އިންފެކްޝަނެއްގެ ސަބަބުން ގުނަވަންތައް ފެއިލްވެގެން ކަމަށް އެޕޯލޯ ހޮސްޕިޓަލުން ބުނެފި އެވެ.

މިދިއަ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހު ޖަޔަލަލީތާ އަވަހާރަވީ އެޕޯލޯ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭރު ޑޮކްޓަރުން ބުނެފައި ވަނީ އެކަމަނާ އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.

މިއަދު އެޕޯލޯ ހޮސްޕިޓަލުން އާންމު ކުރި ބަޔާނެއްގައި ޖަޔަލަލީތާ ބެލި ޑޮކްޓަރާ ހަވާލާދީ ބުނެފައި ވަނީ ޖަޔަލަލީތާ އަވަހާރަވުމަށް ދިމާވި މައިގަނޑު އެއް ސަބަބަކީ ނުރައްކާތެރި އިންފެންޝަނެއްގެ ސަބަބުން ގުވަންތައް ފެއިލްވުން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

އުމުރުން 68 އަހަރުގައި ޖަޔަލަލީތާ އަވަހާރަވީ އެޕޯލޯ ހޮސްޕިޓަލުގެ އައިސީޔޫގެ ލައިފް ސަޕޯޓްގައި ބާއްވާތާ ތިން ގަޑިއިރެއްހާއިރު ފަހުންނެވެ. މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ވެސް ޖަޔަލަލީތާ އެޕޯލޯ ހޮސްޕިޓަލުގައި އެޑްމިޓްކުރި އެވެ.

ޗީފް މިނިސްޓަރުގެ ގޮތުގައި ފަސް ވަނަ ދައުރު ފުރިހަމަ ކުރައްވަމުން ދަނިކޮށް އަވަހާރަވި ޖަޔަލަލީތާގެ ލީޑާޝިޕުގެ ދަށުން ޓަމިލް ނާޑޫ އެންމެ މުއްސަނދި އެއް ސްޓޭޓަށް ހަދާފައިވާ އިރު އޭނާގެ ހަރަދު ކުރުންތަކުގެ ސަބަބުން އިދިކޮޅު ފަރާތްތަކުގެ ގިނަ ފާޑު ކިޔުންތައް ވެސް އޭނާ އަށް އަމާޒުވި އެވެ. އަދި ކޮރަޕްޝަނުގެ މައްސަލަތަކެއްގައި ދެ ފަހަރަކު ޖަލަށް ވެސް ލާފައިވެ އެވެ.

އިންޑިއާގައި ޖަޔަލަލީތާ މަޝްހޫރުވެފައި ވަނީ ދަނގަޑު އަންހެނާގެ ނަމުންނެވެ.

comment ކޮމެންޓް