ގެއްލުނު ތިން މީހުން ފާސްޓް އިންޓަސެޕްޝަން ކްރާފްޓްގެ އެހީގައި ހޯދައިފި

އެމްއެންޑީއެފްގެ ކޯސްޓް ގާޑް --- ފައިލް ފޮޓޮ

ޑިންގީއެއްގައި ކ. އެނބޫދޫ ފިނޮޅު ކައިރިއަށް ގޮސް، މަސް ހިފަން މޫދަށް ފޭބި ތިން މީހަކު ގެއްލިފައި ވަނިކޮށް ފާސްޓް އިންޓަސެޕްޝަން ކްރާފްޓްގެ އެހީގައި އެމީހުން ހޯދައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ފާސްޓް އިންޓަސެޕްޝަން ކްރާފްޓްގެ ނައިޓް ވިޝަން ކެމެރާގެ އެހީގައި ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް މިރޭ 21:50 ހާއިރު ލިބުމާއެކު މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ވަނީ އެސަރަހައްދަށް ގޮސް ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދިޔައީ ކުރަމުންނެވެ.

އެ ހާދިސާގައި ގެއްލުނީ ޑިންގީއެއްގައި މަސް ހިފުމަށް އެނބޫދޫ ފިނޮޅުކައިރިއަށް ނިކުތް ފަސް މީހުންގެ ތެރެއިން ތިންމީހުންވެ.

އެމްއެންޑީއެފް އިން ބުނީ އެ މީހުން ފެނިފައި ވަނީ ބަންޑުން ޖަހާލި ޑިންގީގެ މަތީގައި ތިއްބައި ކަމަށެވެ.

އެ ތިން މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިނާއި ބިދޭސީއެކެވެ.

comment ކޮމެންޓް