ސުކިލް ޓްރެއިނިން ސެންޓަރުގެ މި އަހަރުގެ ފުރަތަމަ ޕާލް ޕްރޮގްރާމް ފަށައިފި

މި އަހަރުގެ ފުރަތަމަ ޕާލް ޕްރޮގްރާމްގެ ކުދިން --- ފޮޓޯ/ ސްކިލް ޓްރެއިނިން ސެންޓަރު

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްކިލް ޓްރެއިނިން ސެންޓަރުން ހިންގަމުން އަންނަ ޕްރޮގްރާމްގެ މި އަހަރުގެ ފުރަތަމަ ބުރު މިއަދު ފަށައިފި އެވެ.

ސްކިލް ޓްރެއިނިން ސެންޓަރުން ކުޑަކުދިންނަށް ހިންގާ ތަފާތު ޕްރޮގްރާމްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒު ކޮށްގެން ހިންގާ "ޕާލް ޕްރޮގްރާމް" އަކީ އެ ސެންޓަރުން ހިލޭ ހިންގާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގައި ކޮންމެ މަހަކު 10 ކުދިންނަށް ފުރުސަތުދެ އެވެ.

ސްކިލް ޓްރެއިނިން ސެންޓަރުގެ ފައުންޑާ ދިމްނާ ފާކިރު ވިދާޅުވީ، މިއަދު ފެށި ޕާލް ޕްރޮގްރާމްގައި ސީޕީ އަދި ޑައުންސިންޑްރޯމް ހުންނަ ދެ ކުދިންނާއި އޯޓިޒަމް ހުންނަ ހަ ކުދިންނާ އެކު ޖުމްލަ 10 ކުދިން ބައިވެރިވާ ކަމަށެވެ.

ޕާލް ޕްރޮގްރާމްގެ ތެރެއިން އެކުދިންނަށް ތަފާތު މަޖާ ހަރަކާތްތަކުގެ ތެރެއިން މޮޓޮސްކިލްސް އަދި ކްރާފްޓް ތައްޔާރުކުރުން މިއަދު ގެންގޮސްފައިިވާ އިރު، ސްކިލް ޓްރެއިން ސެންޓަރުގެ ސްކިލް ޓްރެއިނަރުންނާއި ސެން ޓީޗަރުންގެ އިތުރުން ވޮލަންޓިއަރުން އެހީތެރިވެދީފައިވާ ކަމަށް ދިމްނާ ވިދާޅުވި އެވެ.

ސްކިލް ޓްރެއިނިން ސެންޓަރަކީ ފީ ނަގައިގެން ކުޑަކުދިންނަށް ތަފާތު ޕްރޮގްރާމްތައް ހިންގަމުން އަންނަ ސެންޓަރެކެވެ.

އެގޮތުން ސްކޫލް ބަންދު ތެރެއަށް އަމާޒު ކޮށްގެން "ހޮލިޑޭ ޕެކޭޖް"ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ހިންގަމުންދާ އިރު، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައި ތިބޭ ކުދިންނަށް އެ ސެންޓަރުން ދަނީ އެހީތެރިވެ ދެމުންނެވެ.

comment ކޮމެންޓް