އުރީދޫ ވޯކްގްރޫޕް އިކޮނޮމިކް މިނިސްޓްރީއަށް

އުރީދޫ ވޯކްގްރޫޕު އިކޮނޮމިކް މިނިސްޓްރީއަށް ތައާރަފުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން -- ސަން ފޮޓޯ

އުރީދޫ މޯލްޑިވްސްގެ މޯބައިލް ވާޗުއަލް ޕްރައިވެޓް ނެޓްވޯކް "އުރީދޫ ވޯކްގްރޫޕު"ގައި އިކޮނޮމިކް މިނިސްޓްރީން ބައިވެރިވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތެއްގައި، އިކޮނޮމިކް މިނިސްޓްރީން އުރީދޫ ވޯކްގްރޫޕުގައި ބައިވެރިވުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒާއި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަނީސެވެ.

އުރީދޫ ވޯކް ގްރޫޕަކީ، އެ ނެޓްވޯކުގެ ބޭނުން ކޮށްގެން ހިލޭ ކޯލްތަކާއި މެސެޖުތައް ކުރެވޭ ޚިދުމަތެކެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒް ވިދާޅުވީ ވޯކްގްރޫޕަކީ މަސައްކަތުގެ މާހައުލުތަކަށް ތައާރަފުކުރާ ޚިދުމަތެއް ކަމަށާއި، މީގެ ބޭނުން ހިފުމަކީ ރަނގަޅުކަމެއް ކަމަށެވެ.

ނިޔާޒް ވިދާޅުވީ، ޓެކްނޮލޮޖީ ފުޅާ ދާއިރާއެއްގައި ތަރައްގީވެފައިވާ ޒަމާނެއްގައި، ގިނަ ފަހަރަށް މަސައްކަތް ކުރަންޖެހިފައި އޮންނަނީ އޮފީހުން ބޭރުގައި ކަމަށެވެ.

"އިކޮނޮމިކް މިނިސްޓްރީގެ މުވައްޒަފުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބެގެން މަސައްކަތް ކުރޭ. ހުރިހާ ތަނެއްގައި ހުރެގެން ވެސް އޮފީހަށް ގުޅާލައި، ހިލޭ ވާހަކަދައްކައި ހެދުމަށް، ވޯކްގްރޫޕުގެ ތެރެއިން މަގުފަހިވާނެ،" ނިޔާޒް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަނީސް ވިދާޅުވީ އުރީދޫއާއެކު އެއްބަސްވުން އެކުލަވާލައި، އިކޮނޮމިކް މިނިސްޓްރީއަށް ވޯކް ގްރޫޕު ތައާރަފުކުރުމުން، މުވައްޒަފުންގެ މެދުގައި އޮންނަ މުވާސަލާތީ ގުޅުމުގެ ޚިދުމަތް ފަސޭހަވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

comment ކޮމެންޓް