އުރީދޫގެ ''އޮލަ ވާހަކަ'' ވައިބާ ސްޓިކާ ސެޓަށް ހޫނު ތަރުހީބެއް!

އުރީދޫން ފަރުމާކުރި "އޮލަ ވާހަކަ" ވައިބަަރ ސްޓިކަރ ޕެކް ފުރަތަމަ މަސްތެރޭގައި ވެސް 2 މިލިއަން ފަހަރު ބޭނުންކޮށްފައިވޭ --

ދިވެހި ބަހާއި، ދިވެހިންގެ ހާއްސަ އާދަކާދަތައް ހިމަނައިގެން އުރީދޫ އިން ފަރުމާކޮށްފައިވާ ދިވެހި "އޮލަ ވާހަކަ" ވައިބަރ ސްޓިކާ ސެޓް ތައާރަފްކުރިތާ ފުރަތަމަ މަސްތެރޭގައި ދެ މިލިއަން ފަހަރު ބޭނުންކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުރީދޫގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ، "އޮލަ ވާހަކަ" ވައިބަރ ސްޓިކާ ސެޓަކީ ދިވެހީންގެ ތެރޭގައި މަގުބޫލު ޑިޖިޓަލް ޕްލެޓްފޯމް ތަކުގައި ދިވެހިބަސް ބޭނުންކުރުމުގެ ފުރުސަތު ފުޅާކޮށްދިނުމުގެ މަގްސަދުގައި އެ ކުންފުނިން ފަރުމާކޮށްފައިވާ ސްޓީކާ ސެޓެއް ކަމަށެވެ. އަދި މިފަދަ ދިވެހިވަންތަ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވާކަމަށް އޭނާ ވިދާޅުވިއެވެ.

"މި ސްޓިކާތައް މެދުވެރިކޮށް ދިވެހީންގެ އަމިއްލަވަންތަކަމާއި އެކު، އަމިއްލަ ބަހުން މުއާމަލާތުކުރުމުގެ ފަހުރު ލިބިގެންދޭ. މިފަދަ ކަންކަމުގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބެމުންދާ ތަރުހީބަށް ޝުކުރު އަދާކުރަމުން، " ނޫރާ ވިދާޅުވިއެވެ.

އުރީދޫން މީގެ ކުރިންވެސް ދިވެހިންގެ އަމިއްލަވަންތަ ބަހުރުވަ ދައްކުވައިދޭ ތަފާތު ވައިބާ ސްޓިކާ ޕެކެއް ތައާރަފްކޮށްފައެވެ. އަދި، ކުރިއަށް އޮތްތަނުގައިވެސް، އުރީދޫ އިން ވައިބާގައި ދިވެހިބަހުގެ މުއްސަނދިކަން ދައްކުވައިދޭ އިތުރު ސްޓިކާތައް ތައާރަފް ކުރަމުންދާނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ގާތްތިމާގެ މީހުންނާއި ގުޅުން ބަދަހި ކުރުމުގައި ރާއްޖޭގެ ގިނަބައެއް ވައިބާ ބޭނުން ކުރަމުންދާއިރު، އުރީދޫ އިން ވަނީ ވަރަށް އަގުހެޔޮކޮށް ވައިބާ ބޭނުންކުރެވޭ ޗެޓް ޕެކްތަކެއް ތައާރަފްކޮށްފައެވެ. އެއް ދުވަހު ވައިބާ ބޭނުންކުރެވޭ ގޮތަށް ތައާރަފްކޮށްފައިވާ "ވައިބާ5" އިން ފަސް ރުފިޔާއަށް 30 އެމްބީއާ ހަމައަށް ވައިބާ ބޭނުން ކުރެވެއެވެ. އަދި "ވައިބާ11" ޕެކޭޖުން 11 ރުފިޔާއަށް ފަސް ދުވަހުގެ ތެރޭގައި 80 އެމްބީއާ ހަމައަށް ވައިބާ ބޭނުންކުރެވެއެވެ.

އުރީދޫން ފަރުމާކޮށްފައިވާ ދިވެހި ވައިބްސް ސްޓިކާ ޕެކް، ކޮންމެ ބޭފުޅަކަށްވެސް ވައިބާ ސްޓިކާ މާކެޓުން ހިލޭ ޑައުންލޯޑުކޮށް، ބޭނުންކުރެވޭނެއެވެ.

comment ކޮމެންޓް