ޗައިނީސް އާ އަހަރާ ދިމާކޮށް މިއަހަރުވެސް ޖެންގައި ޚާއްސަ ބުފޭއެއް!

ޗައިނީސް އާ އަހަރާ ދިމާކޮށް އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުވެސް ހޮޓެލް ޖެންގައި ހުންނަ ލައިމް ރެސްޓޯރެންޓުގައި ޚާއްސަ ބުފޭއެއް ބާއްވަން ނިންމައިފި އެވެ.

ހޮޓެލް ޖެން އިން ޗައިނީސް އާ އަހަރާ ދިމާކޮށް މިގޮތަށް ޚާއްސަ ބުފޭއެއް ބާއްވަމުން އަންނަތާ މިހާރު ތިން އަހަރު ވެއްޖެ އެވެ. އެގޮތުން މިއަހަރު މި ބުފޭ އޮންނާނީ މިމަހުގެ 27 ވަނަ ދުވަހާއި 28 ވަނަ ދުވަހުގެ ރެއެވެ.

ދިވެހިންނާއި ބިދޭސީންނަށް ޚާއްސަ މި ބުފޭގެ އަގަކީ ބޮލަކަށް 475 ރުފިޔާ އެވެ. ހަ އަހަރުން ދަށުގެ ކުދިންނަށް ހިލޭ ޑައިން ކުރެވޭ އިރު ހަތް އަހަރާ 11 އަހަރާ ދެމެދުގެ ކުދިންނަށް ބުފޭއިން 50 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ. އަދި ގޯލްޑަން ސާކަލް ކާޑު ބޭނުން ކުރައްވާ ފަރާތްތަކަށް 10 ޕަސެންޓުގެ ޑިސްކައުންޓެއްވެސް ލިބޭނެ އެވެ.

ޗައިނާގެ އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން މިދިޔަ އަހަރު ހޮޓެލް ޖެންގައި ބޭއްވި ބުފޭ ތިން ދުވަހަށް ކުރިއަށް ގެންދިޔަ އެވެ. އެ ތިން ދުވަހުވެސް ދިވެހިންނާއި ބިދޭސީންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ހޮޓެލް ޖެން އިން ބުންޏެވެ.

މިއަހަރުގެ ބުފޭގައި ވެސް ހުންނާނީ ޗައިނީސް ފުޑް އެވެ. ޗައިނީސް ފުޑް އަކީ ދިވެހިންނަށްވެސް ވަރަށް މީރު ރަހަތަކެއް އެކުލެވިގެންވާ، ދިވެހިންގެ މެދުގައި މަގުބޫލު ކެއުމެކެވެ.

ތަފާތު ރަހަތަކެއް އެކުލެވިގެންވާ މި ބުފޭ އާއި ޑިނާ ނައިޓްގެ ބުކިންގް ހެދުމަށް ހޮޓެލް ޖެން ގެ ނަމްބަރު 7799323 އަށް ގުޅުއްވުމަށް އެ ހޮޓަލުން ބުންޏެވެ. ބުފޭ އޮންނާނީ 27 ވަނަ ދުވަހާއި 28 ވަނަ ދުވަހުގެ ރޭ 07:00 އިން ފެށިގެން 10:30 އާ ހަމައަށް ލައިމް ރެސްޓޯރެންޓުގައި އެވެ.

comment ކޮމެންޓް