ހަތަރު އަހަރުވަންދެން ތިލަފުށީ ފަޅުގައި އޮތް އާގު ބޯޓެއްގެ ވެރިފަރާތް ހޯދަނީ

ތިލަފުށި މަތިން ނަގާފައި ފޮޓޯއެއް --- ފައިލް ފޮޓޯ

ހަތަރު އަހަރު ވަންދެން ތިލަފުށީ ފަޅުގައި އަޅާފައި އޮތް އާގު ބޯޓެއްގެ ވެރިފަރާތް ހޯދުމަށް ސިވިލް ކޯޓުން އިއުލާންކޮށްފި އެވެ.

ސިވިލް ކޯޓުން މިމަހުގެ 11 ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ 30 ޖުލައި 2012 އިން ފެށިގެން ތިލަފުށީ ފަޅުގައި އަޅާފައި އޮތް "ސީހޯމް ސްފެއާ" ނަމަކަށް ކިޔާ އާގު ބޯޓުގެ މިލްކުވެރިކަމާ މެދު ދައުވާކުރާނެ ފަރާތެއްވާ ނަމަ އެކަން 15 ދުވަސްތެރޭ އެކޯޓަށް ލިއުމަކުން އެންގުމަށެވެ.

އެބޯޓުގެ ވެރިފަރާތް ހޯދުމަށް ސިވިލް ކޯޓުން އިއުލާންކޮށްފައިވާ އިރު، ވެރިފަރާތް ހޯދަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.

comment ކޮމެންޓް