ނިޔުޔޯކްގައި ރޭލެއް ދަގަނޑުން ކައްސާލުމުގެ ސަބަބުން 100 މީހުން ޒަޚަމްވެއްޖެ

ޒަޚަމްވި މީހަކު ހޮސްޕިޓަލަށް ގެންދަނީ

ނިޔުޔޯކް (ޖަނަވަރީ 5): އެމެރިކާގެ ނިޔުޔޯކް ސިޓީގެ ރޭލެއް އޭގެ ދަނގަނޑުން ކައްސާލުމުގެ ސަބަބުން 100 އަށްވުރެ ގިނަމީހުން ޒަޚަމްވެ އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ބުރޫއަރައިފިއެވެ.

ނިޔުޔޯކްގެ ފަޔަރ ސާވިސް އިން ބުނީ މިއީ އެކްސިޑެންޓެއްކަމަށާއި މިކަމާ ގުޅިގެން އުފެދުނު އަލިފާން ވަރަށް ފަސޭހައިން ނިއްވާލާފައިވާކަމުގައެވެ.

ނިޔުޔޯކްގެ ގަވަރުނަރު އެންޑްރޯ ކޯމޯ ވިދާޅުވީ، ރޭލް ދަނގަނޑުން ކައްސާލިއިރު އޭގައި 600 އާއި 700 އާ ދެމެދުގެ އަދަދަކަށް ފަސިންޖަރުން ތިބިކަމަށާއި މި ޙާދިސާގައި މީހަކު މަރުނުވި ނަމަވެސް ޒަޚަމްވީ 100 މީހުންގެ ތެރެއިން 11 މީހުން ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވާ ކަމުގައެވެ.

މިޙާދިސާ ހިނގަން މެދުވެރިވި ގޮތް ބަލައި ތަހްގީގް ކުރާނެ ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

މިޙާދިސާގައި ރޭލުގެ އެކިބައިތަކަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ރޭލް ތާށިވެފައި ވުމުގެ ސަަބަބުން ނިޔުޔޯކްގެ އެއްގަމު ދަތުރުފަތުރަށްވަނީ ބުރޫ އަރާފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައިވެސް ނިޔުޔޯކްގެ ރޭލްއަކަށް މިފަދަ ހާދިސާއެއް ކުރިމަތިވެފައިވެއެވެ. އެ ޙާދިސާގައި 114 މީހުން ޒަޚަމްވެ އެކަކު މަރުވެފައިވެއެވެ. މި ޙާދިސާ ހިނގާފައިވަނީ ނިޔުޔޯކްގެ ޕޯސްޓް ބްރޫކްލިން ސަރަހައްދުގައެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް