ބޭއަދަބީ ބަސްތަކެއް ޖަހާފައި ހުރި ސްކޫލް ދަބަސްތަކެއް ފުލުހުން ނަގައިފި

ގިނަ ފިހާރަތަކެއް ހުންނަ މަޖީދީމަގު -- ސަން ފައިލް ފޮޓޯ

ބޭއަދަބީ ބަސްތަކެއް ލިޔެފައި ހުރި ސްކޫލް ދަބަސްތަކެއް، ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުއްޓައި ފުލުހުން ނަގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، ފުލުހުންނަށް އިއްޔެ ލިބުނު ރިޕޯޓަކާ ގުޅިގެން މަޖީދީމަގުގައި ހުރި ފިހާރައަކުން ސްކޫލް ދަބަސްތަކެއް ނަގާފައިވާ ކަމަށެވެ.

ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ނަގާފައި ވަނީ ހަތަރު ވަރަކަށް ދަބަހެވެ. އެ ދަބަސްތަކުގައި ބޭ އަދަބީ ބަސްތަކެއްގެ އިތުރުން ސްކޫލް ކުދިންނާ ނުގުޅޭ ނިޝާންތައް ވެސް ޖަހާފައި ހުއްޓެވެ.

ފުލުހުން ބުނީ، އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

comment ކޮމެންޓް