ވެސްޕާ އެންމެ ސަޅީ މި ހަތް ސަބަބާ ހުރެ!

މީސްތަކުންގެ މެދުގައި ސައިކަލުތަކަށް އޮންނަ މަގުބޫލުކަން މޫސުންތައް ފަދައިން އާދެއެވެ. ވަކި ސައިކަލެއް އެންމެންނަށް ކަމުގޮސްގެން އުޅޭ ދުވަސްވަރުތަކެވެ. މިފަހަރު، އިޓަލީ ވިލާތުގެ، 70 އަހަރުގެ ދިގު ތާރީޚެއް އޮތް ވެސްޕާ ވައިގައި ހިއްޕާލަމާތޯއެވެ.

ފެޝަނާއި، މަޖަލާއި އަދި ސިނަމާއާއި ގުޅިފައިވާ ވެސްޕާއަކީ، އެއްތަނުން އަނެއްތަނަށް ދަތުރުކުރަން ގެންގުޅޭ އުޅަނދެއްގެ ބަދަލުގައި، ދުނިޔެއިން ވެސްޕާ ބަލައިގަނެފާ ވަނީ ލައިފްސްޓައިލް ޕްރޮޑަކްޓެއްގެ ގޮތުގައެވެ.

ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ވެސްޕާ ތައާރަފުވީ ދާދި ފަހުންނެވެ. އެހެން ކަމުން އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ވެސްޕާގެ ވާހަކަތައް ނޭނގުންވެސް އެކަށީގެންވެއެވެ. ވެސްޕާ ސަޅިވާ 7 ސަބަބެއް ބަލައިލަމާ ހިނގާށެވެ.

1. މިދިޔަ 100 އަހަރުގެ އެންމެ ރީތި 12 ޑިޒައިނުގެ ތެރޭގައި ވެސްޕާ

ސީއެންއެނުން ޝާއިއު ކޮށްފައިވާ ހަބަރެއްގައި، މިދިޔަ 100 އަހަރުގެ އެންމެ ރީތި 12 ޑިޒައިންތަކުގެ ތެރެއިން ދެވަނައިގައި ވަނީ ވެސްޕާއެވެ. 1946 ވަނަ އަހަރު ބާޒާރަށް ނެރުނު ވެސްޕާ ފަރުމާކޮށްފައިވަނީ އިޓަލީގެ އެއާކްރާފްޓް ޑިޒައިނަރެކެވެ. ދެ ފުރޮޅުލީ އުޅަނދެއް ފަރުމާކުރުމަށް ހަވާލު ކުރުމުން އޭނާ ވަނީ ސައިކަލުގައި ހުންނަ ނޭދެވޭ ސިފަތަށް ބަދަލުކޮށް ސްކޫޓަރެއްގެ ޑިޒައިން ދުނިޔެއަށް އުފަންކޮށްފައެވެ. އަދި މަތިންދާ ބޯޓުގައި ބޭނުންކުރި ވަރަށް ގިނަ ޓެކްނޮލޮޖީ ވެސް ވެސްޕާގައި އޭނާ ބޭނުން ކޮށްފައިވެއެވެ.

މީގެ އިތުރުން ވެސްޕާ ފަރުމާކުރެވިފައިވަނީ ފިބަނާޗީ ސީކުއެންސް އޭގައި ހިމަނައިގެންނެވެ. އެހެންކަމުން ވެސްޕާ ވެފައިވަނީ ބަލައިލާންވެސް ހިތްގައިމު އަދި ދުއްވާއިރު ހަށިގަނޑަށްވެސް ފަސޭހަ ސްކޫޓަރަކަށެވެ.

2. ފިލްމީ ދާއިރާގައި ވެސްޕާއަކީ ތަރިއެއް!

ހޮލީވުޑްގެ މަޝްހޫރު ތަރި އޮޑްރީ ހެޕްބާން ފެނިގެންދާ، 1954 ގެ ފިލްމު "ރޯމަން ހޮލިޑޭ"އިން ފެށިގެން ވެސްޕާ އަންނަނީ ހޮލީވުޑްއާއި އެހެނިހެން ފިލްމް އިންޑަސްޓްރީތަކުގައިވެސް ފިޔަޖަހަމުންނެވެ. މީގެ އިތުރުން ޓީވީ ސީރީސް ތަކުގައާއި މިއުޒިކް ވިޑިއޯތަކުގައިވެސް ވެސްޕާ ވަރަށް ގިނައިން ބޭނުން ކުރެވެއެވެ. ނިކޯލް ކިޑްމަން، ޖޫޑް ލޯ، އަދި ބެން ސްޓިލާ ފަދަ ތަރިން، ފިލްމުތަކުގައި ވެސްޕާ ބޭނުންކޮށްފައިވާ ތަން ފެންނާނެއެވެ.

އަދި މީގެ އިތުރުން ވެސްޕާއަކީ ލަވަ، ފިލްމު އަދި ކުޅިވަރުގެ ދާއިރާގައި މަސައްކަތް ކުރާފަރާތްތަކުން އަމިއްލަ ބޭނުމަށްވެސް ޚިޔާރުކުރާ ސްކޫޓަރެކެވެ. އެމާ ވޮޓްސަން، ބްރެޑް ޕިޓް، މައިކަލް ޝޫމޭކަރ، އަދި ލޭޑީ ގާގާ ފަދަ މަޝްހޫރު ފަރާތްތަށް ވެސްޕާއަށް ވަރަށް ލޯބިކުރެއެވެ.

މާގިނަ ދުވަހެއްނުވެ ދިވެހި ފިލްމު އިންޑަސްޓްރީންވެސް ވެސްޕާ ފެނިގެން ގޮސްދާނެ ކަންނޭނގެއެވެ.

3. ދުއްވާލަން ފަސޭހަ، ގެންގުޅެން ޚަރަދު ކުޑަ

ސައިކަލުތައް އާއްމުކޮށް ހަދާފައި ހުންނަނީ ބައިސްކަލުގައި ހުންނަ ފަދަ ލެޑާ ޗެސީ ފްރޭމްއެއްގައި، ޕްލާސްޓިކް ކަވަރުފަޅިތަކެއް އަޅުވައިގެންނެވެ. ނަމަވެސް ވެސްޕާ ފަރުމާކޮށްފައިވަނީ ސިންގަލް ފްރޭމް ޔުނިބޮޑީ (މޮނޮކޯކް) ސްޓީލް ޗެސީ އަކުންނެވެ. ވެސްޕާގެ މައިގަނޑު، ސައިކަލަކަށް ވުރެ ގާތްކުރަނީ ކާރަކާއެވެ. މީގެ ސަބަބުން އާދައިގެ ސައިކަލަކަށްވުރެ ވެސްޕާ ސްޓޭބަލްވެފައި ދުއްވާލަން ފަސޭހަވާނެއެވެ.

ވެސްޕާގެ ޝޮކުތަކަކީ ވެސް ކުދި މަތިންދާބޯޓުގެ ޝޮކުތަކުގައި ބޭނުންކުރާ ޓެކްނޮލޮޖީ ހިމަނައިގެން ހަދާފައިވާ ޝޮކުތަކެކެވެ. ނަތީޖާއެއްގެ ގޮތުން ވަޅުހެދިފައިވާ މަގުތަކުގައި ދުއްވާލަންވެސް ވެސްޕާ ވަރަށް ފަސޭހަވާނެއެވެ.

ވެސްޕާއަކީ ގެންގުޅެންވެސް ހަރަދު ކުޑަ ސައިކަލެކެވެ. އަށް ލީޓަރު ޕެޓްރޯލް ވެސްޕާއަށް އެޅޭއިރު، ލީޓަރަކުން 60 ކިލޯމީޓަރަށް ދުއްވޭނެއެވެ. އެހެންކަމުން ފުލް ޓޭންކެއްގައި އެންމެ ގިނައިރު ދުއްވާލެވޭނީ މިހާރު ވެސްޕާއެއްގައެވެ. މީގެ އިތުރުން ވެސްޕާ ސަރވިސް ކުރަންޖެހޭ ވަރުވެސް މަދެވެ. އެހެނިހެން ސައިކަލުތައް އާއްމުގޮތެއްގައި ކޮންމެ 1،000 ކިލޯމީޓަރަކުން ސަރވިސް ކުރަން ޖެހޭއިރު ވެސްޕާ ސަރވިސް ކުރަން ޖެހެނީ ކޮންމެ 3،000 ކިލޯމީޓަރަކުންނެވެ. އަދި ބައްލަވައިގަންނަވާ ކޮންމެ ވެސްޕާއަކަށް ލިބޭ ދެ އަހަރުގެ ވޮރަންޓީގެ ދަށުން ކޮންމެ ދެ ސަރވިސްއިން އެއް ސަރވިސް މުޅިން ހިލޭކުރެވެއެވެ.

4. އަސްލު ސްކޫޓަރަކީ ވެސްޕާ

ވެސްޕާއަކީ ސައިކަލުދެކެ ފޫހިވާ، އެއާކްރާފްޓް ޑިޒައިނަރަކާ ސައިކަލެއް ހަދަން ހަވާލުކުރުމުން ނިކުތް ނަތީޖާއެވެ. ސައިކަލުގެ ޑިޒައިން ބަދަލުކޮށް، ސްކޫޓަރ ދުނިޔެއަށް ތައާރަފުވީ ވެސްޕާއާ އެކުއެވެ. އެހެންކަމުން އިޓަލީ ވިލާތުގެ މިޑިޒައިން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮޕީކޮށްގެން އުފެއްދުމަކީ ހައިރާންވާންވީ ކަމެއް ނޫނެވެ. ވެސްޕާގެ ޑިޒައިނަށް ހަދާފައި ހުންނަ ބައެއް ސްކޫޓަރުތައް މާލެއިންވެސް ފެނެއެވެ. ނަމަވެސް އޮރިޖިނަލް ސްކޫޓަރަކީ ވެސްޕާއެވެ. މީގެ އެއް ހެއްކަކީ، އަޅުގަނޑުމެން ދިވެހީން، ކޮންމެ ބްރޭންޑެއްގެ ދޮންނަ ކުނޑިއަކަށްވެސް "އޯމޯ" ކިޔާފަދައިން، ކޮންމެ ބްރޭންޑެއްގެ ސްކޫޓަރަކަށްވެސް ބޭރުގެ ބައެއް ގައުމުތަކުގައި ވެސްޕާ ކިޔާ ކަމެވެ.

5. އެންފޯރިއޯ އަރްމާނީ ވެސްޕާ 946 ދުށިންތަ؟

އެންޕޯރިއޯ އަރްމާނީ ވެސްޕާ 946 އަކީ އިޓަލީގެ މަޝްހޫރު ފެޝަން ޑިޒައިނަރ ޖޯޖިއޯ އަރްމާނީ އާއި ގުޅިގެން ވެސްޕާއިން ފަރުމާ ކޮށްފައިވާ މޮޑެލްއެކެވެ. މިއީ 1946 ވަނަ އަހަރު ތައާރަފު ކުރެވުނު އެންމެ ފުރަތަމަ ވެސްޕާގެ ޑިޒައިނަށް ބަލައި، އަރްމާނީގެ އެހީތެރިކަމާއެކު ފަރުމާ ކުރި މޮޑެލްއެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސްޕާ އުފެއްދި ނަމަވެސް، 946 އުފައްދަނީ ހަމަ އެކަނި އިޓަލީގައެވެ. އަދި މެޝިނުން އެސެންބަލް ކުރުމުގެ ބަދަލުގައި 946 އެސެންބަލް ކުރަނީ މެނުއަލްކޮށް، އިންސާނުންގެ ހަކަތައިންނެވެ.

ކުރީގެ ޑިޒައިން އަސްލަކަށް ބަލައިގެން ފަރުމާކުރި ނަމަވެސް، ވެސްޕާ 946 އަކީ އެންމެ ފަހުގެ ޓެކްނޮލޮޖީތަށް އޭގައި ހިމަނައިގެން ހަދާފައިވާ ސްކޫޓަރެކެވެ. ސްކޫޓަރުގެ ބާޒާރުގައި ވެސްޕާ 946 އަކީ، ލަގްޒަރީ ކާރު ބާޒާރުގައި މާސިޑީޒް ބެންޒް ފަދަ ބްރޭންޑްތަކާ އެއްހަމައެއްގެ މޮޑެލްއެކެވެ. އެހެންކަމުން 946 ވެފައިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު އެއް ސްކޫޓަރަށެވެ.

946 އެއް ގެންގުޅުމަކީ ވެސްޕާއިންވެސް ގަބޫލު ކުރާގޮތުގައި ހަމައެކަނި ނަސީބުވެރި މަދު ބަޔަކަށް ލިބޭ ފުރުސަތެކެވެ. 390،000 ރުފިޔާގެ އަގުހުރި މި ވެސްޕާ ބޭނުންފުޅުވާ ފަރާތްތަކަށް ވެސްޕާ މޯލްޑިވްސް ފޭސްބުކް ޕޭޖަށް މެސެޖުކޮށްގެން ނުވަތަ ވެސްޕާގެ އޮތޮރައިސްޑް ޑިސްޓްރިބިއުޓަރ ޒުމް މޮޓަރސް އަށް ޒިޔާރަތް ކުރުމުން 946 ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ.

6. ވެސްޕާ އުފައްދާ ކުންފުނީގެ ދަށުގައި މަޝްހޫރު އެތައް ސައިކަލު ބްރޭންޑުތައް

ދެވަނަ ބޮޑު ހަނގުރާމައިގެ ކުރިން މަތިންދާ ބޯޓު އުފައްދަމުން އައި ޕިއާޖިއޯ ކުންފުނިން ފުރަތަމަ އުފައްދަން ފެށި ދެފުރޮޅުލީ އުޅަނދަކީ ވެސްޕާއެވެ. އެހެންނަމަވެސް އޭގެ ފަހުން އެކި ބްރޭޑްތައް ޕިއާޖިއޯއިން ވަނީ އެ ކުންފުނީގެ ދަށަށް ގެންގޮސް އުފައްދަން ފަށާފައިއެވެ. މީގެ ތެރޭގައި ގިލޭރާ، މޮޓޯ ގުޒީ އަދި އެޕްރިލިއާ ހިމެނެއެވެ. މޮޓޯ ސައިކަލް ރޭސިންގ ބައްލަވާ ފަރާތްތަކަށް އޭޕްރިލިއާ އަކީ އާބްރޭންޑަކަށް ނުވާނެއެވެ. މޮޓޯ ޖީޕީ، ސުޕަރބައިކް ވަރލްޑް ޗެންޕިއަންޝިޕް ފަދަ މުބާރާތްތަކުގައި އޭޕްރިލިއާ އަކީ ރަނގަޅުވަނަތައް ހޯދަމުން އަންނަ ބްރޭންޑެކެވެ.

ކުޑަ ދުވަސްކޮޅެއް ތެރޭގައި އޭޕްރިލިއާގެ ފޭނުންނަށް ވަރަށް އުފާރި ހަބަރެއްވެސް ލިބޭނެއެވެ.

7. ވެސްޕާ މިހާރު ރާއްޖެއިން ލިބޭ!

ވެސްޕާއަކީ ރާއްޖެއަށް މުޅިން އާ ބްރޭންޑެއް ނޫނެވެ. 1960 ގެ އަހަރުތަކުގައި ނަގާފާވާ ފޮޓޯތަކަކުން ސިފައިންގެ ބޭފުޅުން ރާއްޖޭގައި ވެސްޕާ ދުއްވިކަން ފެންނާން އެބަހުއްޓެވެ. އަދި މިނޫނަސް މިފަހުންވެސް މަދު މަދުން ވެސްޕާ ރާއްޖެއިން ފެނެއެވެ. އެހެން ނަމަވެސް މިހާރު، ވެސްޕާގެ އޮތޮރައިސްޑް ޑިސްޓްރިބިއުޓަރެއް ރާއްޖޭގައި އައްޔަނުކުރެވި، ހުރިހާ ސްޕެއާ ޕާޓްސްއާއި، ފުރިހަމަ ހިދުމަތާއި އެކު ވެސްޕާ ރާއްޖެއިން ލިބެއެވެ.

ވެސްޕާގެ ސަޅިވާހަކައަކީ ކިތައްމެ ވަރަކަށް ދެއްކިޔަސް ހުސްނުވާނެ ވާހަކައެކެވެ. މިއީ ހުސް ސަޅިބައިސާއޭވެސް ހިތަށް އަރާފާނެއެވެ. އެހެން ނަމަވެސް ވެސްޕާގެ ފެންވަރު އަމިއްލައަށް ބަލާލުމުގެ ފުރުސަތު ހަމަ ކޮންމެ ބޭފުޅަކަށްވެސް މިހާރު ލިބޭނެއެވެ. ވެސްޕާ ގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ ޒުމް މޮޓަރސްއަށް ޒިޔާރަތް ކޮއްލެއްވުމުން އިޓަލީ ވިލާތުގެ މި މޮޅު އުފެއްދުމުގެ އަޖުމަ ބަލާލެވޭނެއެވެ.

މީގެ އިތުރުން، އާ އަހަރު، އާ ވެސްޕާ އަކާއި އެކު ފައްޓަވަން ބޭނުންފުޅު ނަމަ، މިއީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތެވެ.

ޒުމް މޮޓޯސް އިން މިވަގުތުވަނީ، ވެސްޕާރާމާގެ ނަމުގައި އަހަރު ނިމުމާއި ގުޅިގެން ބޮޑު ޕްރޮމޯޝަން އެއް ފަށާފާއެވެ. މި ޕްރޮމޯޝަންގެ ދަށުން، ބައްލަވައިގަންނަ ކޮންމެ ވެސްޕާއަކާ އެކު 6،500 އާއި 12،000 ރުފިޔާއާ ދެމެދުގެ ޑިސްކައުންޓެއް ލިބެއެވެ.

"ވެސްޕާވެރި"އަކަށް ވުމަށް މިއީ ރަނުގެ ފުރުސަތެއް ނޫންތޯއެވެ؟

comment ކޮމެންޓް