ޝީޝާގެ "ވިންސްޓޯލްމެންޓް ޕްރޮމޯޝަނުގެ" އެންމެ ފަހު ނަސީބުވެރިޔާ ހޮވައިފި

ޝީޝާގެ ވިންސްޓޯލްމެންޓުގެ އެންމެ ފަހުގެ ލަކީ ޑްރޯ ނެފުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ޝީޝާ

ޝީޝާ އިން ފަށާފައިވާ "ވިންސްޓޯލްމެންޓު"ގެ އެންމެ ފަހު ނަސީބުވެރިއާ މިއަދު ހޮވައިފި އެވެ.

އެ ކުންފުނީގެ ޝޯ ރޫމުގައި މިއަދު ބޭއްވި ގުރުއަތު ނެގުމުން، ނަސީބުވެރިއަކަށް ހޮވުނީ ތ. ވިލިފުށި، ފިނިވާގެ، މަރިޔަމް ސައްފާނާ އެވެ. މިއާ އެކު އިންޓޯލްމެންޓަށް އޭނާ ނަގާފައިވާ "ހޮންޑާ ސްކޫޕީ" ސައިކަލަށް ބާކީ ދައްކަން ޖެހޭ 52،642 ރުފިޔާ އޭނާ ދައްކާކަށް ނުޖެހޭނެ އެވެ. އެ ފައިސާ ނުދެއްކިއަސް ސައިކަލުގައި ޕްރައިވެޓް ބޯޑު އަޅުވައި، އެ ސައިކަލު އޭނާއަށް މިލްކް ކޮށްދޭނެ އެވެ.

ސައްފާނާ ނަގާފައިވާ ސައިކަލަށް މިހާތަނަށް ދައްކާފައި ވަނީ 18892 ރުފިޔާ އެވެ.

ޝީޝާއިން ސެޕްޓެމްބަރު މަހު ފެށި ވިންސްޓޯލްމަންޓު ޕްރޮމޯޝަން ކުރިޔަށް ގެންގޮސްފައި ވަނީ، އެތަނުން އިންސްޓޯލްމަންޓަށް ނަގާ ސައިކަލަކަށް ދައްކާ ކޮންމެ 1،000 ރުފިޔާއަކަށް ކޫޕަނެއް ދޭ ގޮތަށެވެ. ކޮންމެ މަހަކު ނަސީބުވެރިއަކު ގުރުއަތުން ހޮވާ އިރު، އެ ނަސީބުވެރިޔާ ޝީޝާއަށް ދައްކަން ބާކީ އޮންނަ އިންސްޓޯލްމަންޓު ފައިސާ މައާފުވެ، ސައިކަލު އެ ފަރާތަކަށް މިލްކުވެ އެވެ.

އެ ޕްރޮމޯޝަން ތިން މަސްދުވަހަށް ކުރިއަށް ގެންގޮސްފައިވާއިރު، ގުރުއަތުން މިއަދު ހޮވުނު ފަރާތާއެކު މުޅި އެކު ތިން ފަރާތަކަށް ވަނީ ސައިކަލުގެ ބާކީ ފައިސާ މައާފުކޮށް، މިލްކު ކޮށްދީފަ އެވެ.

comment ކޮމެންޓް