އެމެރިކާ ފަހަތަށް ޖެހުމާއި ރަޝިޔާ ބާރުގަދަ ކުރަމުންދާ މައްސަލަ ގަލްފުގެ ލީޑަރުންގެ ބޮލުގެ ރިހުމަކަށް

މަނާމާގައި ކުރިޔަށްދާ ސަމިޓް

މަނާމާ (ނޮވެމްބަރު 7): ބަހްރައިންގެ ވެރިރަށް މަނާމާގައި އިއްޔެ ފެށުނު ގަލްފުގެ އަރަބި ގައުމުތަކުގެ ސަމިޓްގެ އެޖެންޑާގައި ވާ މައިގަނޑު މައްސަލަތަކަކަކީ އަރަބި ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާއި އެމެރިކާގެ ސިޔާސަތުތަކަށް އަންނަމުންދާ ބަދަލުތަކާ އަދި ރަޝިޔާ މެދުއިރުމަތީގައި ބާރުގަދަ ކުރަމުންގެންދާ ގެންދިޔުންކަމަށް ޚަބަރު ލިބިއްޖެއެވެ.

ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ސަމިޓްގެ ސެކްރެޓޭރިއަޓާ ހަވާލާދީ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާގޮތުން އިއްޔެ ހަވީރު ފެށުނު ޖީސީސީގެ ސަމިޓްގެ އިފްތިތާޙީ ޖަލްސާގައި ވާހަކަ ދެއްކެވި ގަލްފުގެ ހުރިހާ ލީޑަރުންވެސް ވަނީ އެމެރިކާގެ ސިޔާސަތުތަކަށް އަންނަމުންދާ ބަދަލުތަކާމެދު ކަންބޮޑުވާކަމުގެ އިޝާރާތްތައް ދެއްވާފައެވެ.

ޚާއްސަކޮށް ގަލްފުގެ އަރަބި ގައުމުތަކުން މިހާތަނަށް އެގައުމުތަކުގެ ދިފާއީ ކަންކަމަށް ބަރޯސާވަމުން ގޮސްފައިވާއިރު އެމެރިކާގެ ރައީސުލް މުންތަޚަބް ޑޮނަލްޑް ޓްރަމްޕް ވަނީ ގަލްފުގެ ގައުމުތަކުގެ ދިފާއުގައި އެމެރިކާއަށް މަސައްކަތް ކުރެވޭނީ އެގައުމުތަކުން އެކަމުގެ އަގު ފައިސާއިން ދައްކާގޮތެއްގެ މަތިންކަމަށް ވިދާޅުވެ ރިޔާސީ ކޭންޕޭންގައި ވާހަކަ ދައްކަވާފައެވެ.

ގަލްފުގެ ގައުމުތަކަކީ ބޯދާ ވިރާސީ ރަސްކަމުގެ ނިޒާމުތަކެއް އޮންނަ ގައުމުތަކެކެވެ. އެހެންކަމުން ޑިމޮކްރަސީގެ އޮއިވަރުގައި އެގައުމުތަކުގެ ޒުވާނުންޖެހި ރަސްކަމުގެ ނިޒާމުތައް ވެއްޓިގެން ހިނގައިދާނެ ކަމުގެ ބިރު އެގައުމުތަކުގެ ޝާހީ އާއިލާތަކުން ކުރަމުން ގެންދެއެވެ.

އުމާން ފިޔަވައި ގަލްފުގެ ގައުމުތައްވަނީ އިރާގާއި ސޫރިޔާއާއި ޔަމަނާއި ލީބިޔާގައި ހިނގަމުންދާ ހަނގުރާމަތަކާއި ތަޅާފޮޅުންތަކުގެ ތެރެއަށް ސީދާގޮތުން ނާއި ނުސީދާގޮތުން ވަރަށް ބޮޑަށް ވަދެފައެވެ. ނަމަވެސް އެގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތައް ކާމިޔާބުކުރުމުގައި ގަލްފުގެ ގައުމުތައްވަނީ ނުކުޅެދިފައެވެ.

މިހަނގުރާމަތަކުގެ ނަތީޖާ ދާގޮތަކުން އޭގެ ނޭދެވޭ އަސަރުތައް ފަހުން ގަލްފުގެ ގައުމުތަކަށް ވަރަށް ވޭނެދެނިވި ގޮތެއްގައި އަންނާނެކަމުގެ ބިރު އެގައުމުތަކުން އިޙްސާސް ކުރަމުން ގެންދެއެވެ.

އަނެއްކޮޅުން އެމެރިކާގެ ބާރާއި ނުފޫޒު މެދުއިރުމަތީގައާ އަދި މުޅި ދުނިޔޭގައިވެސް ދަށަށްދާ މިދަނޑިވަޅުގައި ރަޝިޔާ މެދުއިރުމަތީގައި ބާރުގަދަ ކުރަމުންގެންދާ ގެންދިޔުމަކީވެސް ގަލްފުގެ ލީޑަރުން ވަރަށް ކަންބޮޑުވާ މައްސަލައަކަށްވަނި ވެފައެވެ. ޚާއްސަކޮށް ގަލްފުގެ ގިނަ ގައުމުތަކުން ދުޝްމަނެއް ކަމަށް ދެކޭ އީރާނާއި ރަޝިޔާގެ ގުޅުންތައް ބަދަހިވަމުން ދިޔުމަކީ ގަލްފުގެ ލީޑަރުންގެ ކަންބޮޑުވުން އިތުރުވާކަމެކެވެ.

ބަހްރައިންގައި ބާއްވާ ގަލްފުގެ އިސްވެރިންގެ ސަމިޓްގައި ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އިއްތިޙާދަކަށް ބަދަލުކުރުމުގެ މައްސަލަވެސް ބަހްސުކުރުމަށް ހަމަޖެހިފައިވެއެވެ. މިއިއްތިޙާދުގައި ގަލްފުގައި ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތެއް ގެންގުޅޭ އުމާން ބައިވެރި ނުކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ޖީސީސީ ގެ ސަމިޓްގައި އުމާންގެ ރަސްގެފާނު ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ.

އުމާނަކީ ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޔަމަނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގާވެސް ބައިވެރިވާ ގައުމެއް ނޫނެވެ. އަދި ސޫރިޔާގެ ވެރިކަން ވައްޓާލުމަށްޓަކައި ސައޫދީ އަރަބިޔާއާއި ގަތަރު އިސްނަގައިގެން ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށް ފައިސާއާއި ހަތިޔާރު ދީގެން ސޫރިޔާގައި ކުރުވާ ހަނގުރާމައިގާވެސް ބައިވެރިވާ ގައުމެއްނޫނެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް

comment Zain

8 year 3 month ago

Gulf countries should try to be powerful themselves without trying to be overly friendly with the evil ones who does not wish them any good. And the gulf countries should aid and help each other

comment އަޒާ

8 year 3 month ago

ތިޔައީ ހަޤީޤީ މުނާފިގުން، މުސްލިމުންގެ ގޮތުގައި ތިބެ މުސްލިމުން ނިކަމެތިކޮށް މުސްލިމުންގެ ލޭ އޮހޮރުވާ ޚާއިނުން.. ކަލޭމެން އަބަދުވެސް އުޅޭނީ ބިރުވެރިކަމުގައި، އިންޝާﷲ ހައްޤަށް ނަސްރު ލިބޭ ދުވަސް ވަރަށް އަވަހަށް އަންނާނެ،

comment ރާއްޖެ

8 year 3 month ago

ކަމުދާ އެކަކުވެސް ތިޔަ ޖީސީސީގެ ލީޑަރުންގެ ތެޜޭގައި ނެތް ދުބާއި ގެ ލީޑަރު ފިޔަވައި. އޭނާވެސް މިހާރު ހަނގުރާމައިގެ ތެރެއަށް ވަންނަން ފެށުމުން ކަމަކު ނުދޭ. ގަލްފުގެ ގައުމުތައް އަޑީގައި ތިބެގެން ސޫރިޔާގައި ހަނގުރާމަ ކުރުވާއިރު އެގައުމުތަކަށްވެސް ސޫރިޔާއަށް އައިސްފައިވާ މިދުވަސް ނަައިސް ނުދާނެ. ގަލްފުގެ ގައުމުތަކުގެ އިިދިކޮޅު ޖަމާއަތްތަކަށް ބައްޝާރު އެހީތެރިވެ އެގައުމުތަކުގައި ދާޚިލީ ހަނގުރާމަ ފެށުމުން އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ތިޔަ ގައުމުތަކުގެ ލީޑަރުން ހަނގުރާމަ ނުކުރައްވާނެތޯ؟ ކީއްވެތޯ ޔަމަންގައި ޝަރުއީ ސަރުކާރަށް ޖީސީސީން އެހީތެރިވާއިރު ސޫރިޔާގެ ޝަރުއީ ސަރުކާރަށް އެހީތެރިނުވެ ސޫރިޔާގެ ބާޣީންނަށް އެހީތެރިވަނީ ޝަރުއީ ސަރުކާރު ވައްޓާލަން.

comment Falaahu

8 year 3 month ago

Jawaadhuge masayykathah ahsaribahaa saabas. Galfuge yahoodhee Raskanthah nethigos muslimun ekuveri kurahvaashi.

comment ސާފުވޭބާ

8 year 3 month ago

ގަލްފުގެ މުއްސަނދި މުސްލިމް ޤައުމުތަކުން އެމެރިކާއަށް ބަރޯސާވެގެން ތިބިވަރު މިކަމުން އެނގެނީ. އެމެރިކާ އިސްވެ ދުނިޔޭގއި މުސްލިމުންނަށް ކުރި ކޮންމެ ގޯނާއެއްގައި މިމީހުންގެ ބައިވެރިވުން ކޮންމެވެސް ސިފައެއްގައި އެކުލެވިގެންވޭ. އެމެރިކާއަކީ ދުނިޔެ ޞުލްހަކުރަން މަސައްކަތްކުރި ބައެއްނޫން.