ޕްރިތީގެ ފިރިހެން ކޮއްކޮއަކު ބޮލަށް ބަޑި ޖަހައި އަމިއްލައަށް މަރުވެއްޖެ

ބޮލީވުޑްގެ ބަތަލާ ޕްރިތީ ޒިންތާ --

ބޮލީވުޑްގެ ބަތަލާ ޕްރިތީ ޒިންތާއާ ދެބެންގެ ދެދަރި ފިރިހެނަކު އަމިއްލަ ބޮލަށް ބަޑި ޖަހައިގެން މަރުވެއްޖެ އެވެ.

ޕްރިތީގެ ކޮއްކޮ ނިތިން ޗޯހާން (38) އަމިއްލައަށް މަރުވެފައި ވަނީ ކައިވެނީގައި ޖެހުނު މައްސަލަތަކެއްގައި ކަމަށް ޚަބަރުތައް ބުނެ އެވެ.

މިދިޔަ ހުކުރު ދުވަހު ނިތިން އަމިލަ ބޮލަށް ބަޑި ޖަހާފައި ވަނީ އޭނާގެ ކާރު ތެރޭގައެވެ. ފުލުހުންނާ ހަވާލާދީ ޚަބަރުތައް ބުނާގޮތުން ކާރު ތެރެއިންނާއި، އޭނާގެ ގެއިން ނިތިން މަރުވުމުގެ ކުރިން ލިޔެފައިވާ ދެ ނޯޓެއް ވަނީ ފެނިފައެވެ. ނިތިން ވަނީ އޭނާގެ ސިޓީގައި އަމިއްލައަށް މަރުވާން ޖެހުނީ އޭނާގެ އަނބިމީހާ އާއި އަނބިމީހާގެ އާއިލާއިން އޭނާއަށް މަޖުބޫރު ކުރުމުން ކަމަށް ބުނެފައެވެ.

ނިތިން އަމިއްލައަށް މަރުވެފައި ވާއިރު، ހަމަ އެދުވަހު ދެމީހުންގެ ވަރީގެ ކަންކަން ނިންމުމަށް ކޯޓުގައި އަޑުއެހުންތައް ފެށުމަށް ވެސް އޮތީ ތާވަލް ކޮށްފައެވެ.

އަމިއްލައަށް މަރުވާން ބޭނުން ކުރި ބަޑި މިހާރު ފޮރެންސިކް ތަހުގީގަށް ގެންގޮސްފައި ވާއިރު، ނިތިންގެ އަނބިމީހާގެ އާއިލާއާ ދެކޮޅަށް މިހާރު ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅައިފައެވެ.

comment ކޮމެންޓް