ސިއްހީ ދާއިރާގެ ޚިދުމަތްތެރީންގެ ފެންވަރު ބަލާ އިމްތިހާން ޑިސެމްބަރު މަހު

ޏ. އަތޮޅު ހޮސްޕިޓަލްގައި ނަރުހުން ތުއްތު ކުއްޖަކަށް ފަރުވާކޮށްދެނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުގެ ފެންވަރު ބެލުމުގެ ގޮތުން ބާއްވާ ކޮމްޕީޓެންސީ އިމްތިހާން އަންނަ މަހުގެ ފަސް ވަނަ ދުވަހު ފަށަން ނިންމައިފި އެވެ.

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިސަސްއިން ބުނި ގޮތުގައި އެ އިމްތިހާނަކީ ރާއްޖޭގައި މަސައްކަތް ކުރާ ފާމަސިސްޓުންނާއި މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނާއި، ކޮމިއުނިޓީ ހެލްތު ނުވަތަ ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް މޯލްޑިވްސް ބޯޑު އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީކުރުމުގެ ކުރިން ފެންވަރު ބެލުމުގެގޮތުން ދެވޭ އިމްތިޙާނެއް ކަމަށެވެ.

މިއަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އަންނަ އަހަރުގެ ޖޫން މަހާ ހަމައަށް މި އިމްތިހާނު ކުރިއަށް ގެންދާނެ އެވެ.

އިމްތިހާނު އޮންނަ މަސްތަކާއި ދުވަސްތައް:

  • 5 ޑިސެމްބަރު 2016
  • 9 ޖެނުއަރީ 2017، 23 ޖެނުއަރީ 2017
  • 6 ފެބްރުއަރީ 2017، 20 ފެބްރުއަރީ 2017
  • 6 މާޗް 2017، 20 މާޗް 2017
  • 13 އޭޕްރީލް 2017، 17 އޭޕްރީލް 2017
  • 2 މޭ 2017، 15 މޭ 2017، 29 މޭ 2017
  • 12 ޖޫން 2017، 28 ޖޫން 2017

ފެންވަރު ބެލުމުގެ ގޮތުން ބާއްވާ މި އިމްތިހާނު އޮންނާނީ މި ދުވަސްތަކުގެ ހެނދުނު 10:00ގައި އެވެ.

އެ ފެކަލްޓީއިން ބުނީ އިމްތިޙާނުގައި ބައިވެރިވާ ފަރާތްތަކުން، އިމްތިޙާން އޮންނަ ދުވަހުގެ ދެ ދުވަސް ކުރިން ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީ ކުރަން ޖެހޭނެ ކަަމަށެވެ. އަދި އިމްތިހާނަށް ހާޒިރުވާއިރު، ބިދޭސީއެއް ނަމަ ޕާސްޕޯޓު، ދިވެއްސެއް ނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި އިމްތިޙާނަށް ދައްކަންޖެހޭ ފީ ދެއްކިކަމުގެ ރަސީދާއި މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސް އިން ދީފައިވާ ޕްރީ ރަޖިސްޓްރޭޝަން އެޕްރޫވަލް ސްލިޕް ނުވަތަ އެ ބޯޑުން ދޭ އިންޓަވިއުއިން ފާސްވިކަމުގެ ލިއުން ގެންނަން ޖެހޭނެ ކަމަށްވެސް އެ ފެކަލްޓީން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު