ބަލިވެއިންނަން ބޭނުންވާ އަންހެނުން ކެއުމުގައި ހިމަނަން ތަޖްރިބާކާރުން ލަފާދެއްވާ ކާނާ

ތިރީގައި މިވަނީ ބަލިވެ އިންނަން ބޭނުންވާ އަންހެނުންގެ ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމެނުމަށް ނިއުޓްރަނިސްޓުންނާއި ޑޮކްޓަރުން ލަފާދެއްވާ ކާނާތަކުގެ ތެރެއިން މުހިއްމު ބައެއް ކާނާއެވެ.

  • މުގު އަދި ޕިއާސް (ފެހިކުލައި ތޮޅި) : މުގާއި ފެހިކުލައިގެ ތޮޅިއަކީ އަންހެނުންގެ އޮވަރީގައި ބިސްއުފެއްދުމަށާއި އުފައްދާ ބިހުގެ ކޮލިޓީ ރަނގަނޅުކުރުމަށް ބޭނުންވާ އެތަށް މާއްދާތަކެއް އެކުލެވިގެންވާ ދެބާވަތުގެ ތަރުކާރީއެކެވެ. މެޑިކަލް ސައެންސް މަޖައްލާގައިވާ ދިރާސާއެއް ބުނާގޮތުން ބަލިވެ އިންނަން ބޭނުންވާ އެހެންނަމަވެސް ބަލިވެ ނުއިންނަ އަންހެނުން ބައެއް ބާވަތުގެ ކާނާ އެކަށީގެންވާ މުއްދަތަކަށް ކެއުމުން ވެސް ބަލިވެއިނުމަށް މަގުފަހިވެއެވެ. މިފަދަ އަންހެނުންނަކީ ބަލިވެ އިނުމަށް ހުރަސްއަޅާ ބައްޔެއް ނޫނީ ސިއްޙީ ސަބަބެއް ނެތް އަންހެނުންނެވެ. މި މަޖައްލާ ބުނާ ގޮތުން މައްސަރު ކަންތައްޖެހުމުގައި މައްސަލަ އުޅޭ އަންހެނުންވެސް މުގާއި ފެހިކުލައިގެ ތޮޅި ގަވައިދުން ކެއުމަކީ އެކަން ހަމައަކަށް އެޅުމަށް ފަސޭހަވެގެންދާނެ ކަމެކެވެ.
  • ދޮންކެޔޮ : ދޮންކޭލަކީ އަންހެނުންގެ އޮވަރީގައި ބިސްއުފެއްދުމަށާއި އުފައްދާ ބިހުގެ ކޮލިޓީ ރަނގަނޅުކުރުމަށް ބޭނުންވާ ވިޓަމިން ބީ ސިކްސް ވަރަށް ގިނަ މޭވާއެކެވެ. ކޮންމެ ދުވަހަކު ބޮޑެތި ދޮންކޭލުގެ ދެވަށް ނޫނީ ތިންވަށް ކެއުމުން އަންހެނުންގެ އޮވިއުލޭޝަން ޕްރޮސެސް ފުރިހަމަ ކުރުމަށް މަގުފަހިކޮށް ދޭ ކަމަށްވެއެވެ.
  • ކުކުޅު ބިސް : ކުކުޅު ބިހަކީ ވަރަށްގިނަ ޕްރޮޓެއިނާއި ނުޓްރިއެންޓްސް އާއި އޮމެގާ 3 ހިމެނޭ ހިމެނޭ އެއްޗެކެވެ. ކުކުޅު ބިހުގައި ހިމެނޭ އޮމެގާ 3 އަކީ އަންހެނުންގެ މެންސްޓްރުއަލް ސާކަލް އަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިވެދޭ މާއްދާއެއް ކަމަށްވެއެވެ. މީގެއިތުރުން ބިހުގައި ހިމެނޭ ޕްރޮޓެއިން އާއި ނުޓްރިއެންޓްސް އަކީ އަންހެނާގެ އޮވަރީގެ ސިއްޙަތު ރަނގަނޅުކޮށް އަންހެނުންގެ ބިހުގެ ސިއްޙަތުވެސް ރަނގަނޅު ކޮށްދިނުމަށް އެހިތެރިވާ ތަކެތި ކަމަށްވެއެވެ. އަނެއްކޮޅުން ކުކުޅު ބިހުގައި ހުންނަ ކޮލެސްޓްރޯލްއަކީވެސް ވަރަށް ފަސޭހައިން ހަށިގަނޑުން ފިލައިގެންދާ ބާވަތުގެ ކްލޮސްޓްރޯލްއެކެވެ. ބިސްކެއުން އެންމެ ރަނގަނޅު ކަމަށްވަނީ ފެނުކައްކައިގެން ހެނދުނުގެ ވަގުތުގައެވެ. ފެނުކެއްކި ދެބިސް ކޮންމެދުވަހަކު ކެއުމަކީ ބަލިވެއިނުމުގައި މައްސަލަތައް އުޅޭ އަންހެނުން ބަލިވެއިނުމަށް މަގުފަހިވާ ކަމެއްކަމަށް މެޑިކަލް ސައެންސް މަޖައްލާގައިވާ ދިރާސާ ބުނެއެވެ.
  • މަސް : މަހުގެ ތެރެއިން ސެލްމޮން، ޓޫނާ އަދި މަކެރެލް ގައި އަންހެނުންގެ އޮވަރީގައި ބިސްއުފެއްދުމަށާއި އުފައްދާ ބިހުގެ ކޮލިޓީ ރަނގަނޅުކުރުމަށް ބޭނުންވާ އެތަށް މާއްދާތަކަކާއި ކޮންޕައުންޑްތަކެއް ހިމެނޭ ކަމަށްވެއެވެ. މިއީ ބަލިވެ އިންނަން ބޭނުންވާ އަންހެނުންގެ ކެއުމުގައި ކޮންމެ ދުވަހަކު ބޭނުންކުރުމަށް މެޑިކަލް ސައެންސް މަޖައްލާގައި ލަފާދީފައިވާ ތިން ބާވަތުގެ މަހެވެ.
  • އެވަކާޑޯ : މެޑިކަލް ސައެންސް މަޖައްލާ ބުނާގޮތުން އެވަކާޑޯގައިވާ ވިޓަމިން ޑީ އަކީ އަންހެނުންނާއި ފިރިހެނުންގެވެސް ފާޓިލައިޒޭޝަން ރަނގަނޅުކޮށްދޭ މާއްދާއެކެވެ. އެވަކާޑޯ ބޭނުންކުރުމަށް އެންމެ ރަނގަނޅު ކަމަށްވަނީ ގިރައިގެން ފަނީގެ ގޮތުގައި ނޫނީ ސްމޫތީ ގެ ގޮތުގައެވެ. (މެޑިކަލް ސައެންސް ޖޯނަލް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު