ސިކެންސް ޕެއިންޓާ ބެހޭ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

މިއަހަރުގެ ސިކެންސް އޮޓޯމޯޓިވް ޕެއިންޓް ސެމިނާގެ ތެރެއިން -- ފޮޓޯ/ ކޯލޯޑް

ދުނިޔޭގެ މަޝްހޫރު ކޯޓިންގް އަދި ސްޕެޝިއަލިޓީ ކެމިކަލްސް ކުންފުނި، "އެކްޒޯނޯބެލް"ގެ ސިކެންސް އޮޓޮމޯޓިވް ޕެއިންޓްސްއާ ގުޅޭ ސެމިނާއެއް ކޯލޯޑް މޯލްޑިވްސްއިން މާލޭގައި ބާއްވައިފިއެވެ.

ރާއްޖޭގައި ހިންގާ ގަރާޖުތަކާއި ރިސޯޓުތަކަށް ޚާއްސަކޮށްގެން ކޯލޯޑުން މި ސެމިނާ ބޭއްވީ، ސިކެންސް ޕެއިންޓާއި، ކުލަ ދިމާކުރުމަށް ބޭނުންކުރާ އާ ޓެކްނޮލޮޖީއާ ބެހޭ މައުލޫމާތު އެފަރާތްތަކާ ހިއްސާ ކުރުމަށެވެ. މި ސެމިނާ އޮތީ މިދިޔަ ބުރާސްފަތި ދުވަހު ސްޓެލްކޯގައެވެ.

ކޯލޯޑުން ބުނީ، ކޯލޯޑްގެ ދަށުން ހިންގާ ކަލަރބޭންކުން ރާއްޖެއަށް އަލަށް ގެންނަން ހަމަޖެހިފައިވާ އޮޓޮމޯޓިވް ޕެއިންޓެއްގެ އާ ބްރޭންޑަކާ ބެހޭ މައުލޫމާތު ދީފައިވާ ކަމަށެވެ.

މި ސެމިނާގައި، ސިކެންސް ޕެއިންޓް އުފައްދާ އެކްޒޯނޯބެލްގެ ސަރަހައްދީ ސޭލްސް މެނޭޖަރާއި، އޮޓޮމޯޓިވް ޕެއިންޓް ސްޕެޝަލިސްޓަކާއި، ކޯލޯޑް މޯލްޑިވްސްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ސިކެންސް އޮޓޮމޯޓިވް ޕެއިންޓް ސެމިނާއަކީ ކޯލޯޑް މޯލްޑިވްސްއިން ކޮންމެ އަހަރަކުވެސް ކުރިޔަށް ގެންދާ ސެމިނާއެކެވެ.

ކޯލޯޑް މޯލްޑިވްސްއިން ކަލަރބޭންކް އިފްތިތާހުކުރީ 1994 ވަނަ އަހަރުއެވެ. ކަލަރބޭންކަކީ އެކްޒޯނޯބެލްގެ ސިކެންސް ޕެއިންޓްގެ އިތުރުން، އެކްޒޯނޯބެލް އޭރޯސްޕޭސް ކޯޓިންގްގެ އިތުރުން ޖޯޓަން މެރިން ޕެއިންޓާއި ގޭތެރެއާއި އިމާރާތްތަކުގައި ލުމަށް ޚާއްސަ ކްރައުން ޕެއިންޓްސްގެ، ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރެވެ.

comment ކޮމެންޓް