ވޯގް މަޖައްލާގައި ހިމެނި ދިވެހި ފުރަތަމަ މޮޑެލަކަށް ރައުދާ!

ވޯގް މަޖައްލާގެ ކަވާ ފޮޓޯ (ރައުދާ ވާތް ފަރާތުގައި) --

"ވޯގް އިންޑިއާ"ގެ ނަމުގައި އިންޑިއާގައި ނެރޭ ލައިފްސްޓައިލް މަޖައްލާގައި ފީޗާ ކުރާ ފުރަތަމަ ދިވެހި މޮޑެލް އަކަށް ރައުދާ އާތިފް ވެއްޖެ އެވެ.

މި މަޖައްލާއަކީ އެމެރިކާގެ މަޝްހޫރު ފެޝަން އަދި ލައިފްސްޓައިލް މަޖައްލާ "ވޯގް" އިން އިންޑިއާގައި ނެރޭ މަޖައްލާއެކެވެ. މި މަޖައްލާގައި ރައުދާ ހިމެނިފައިވަނީ ދެކުނު އޭޝިއާގެ އެކި ސަރަހައްދުތަކުން ތަފާތު ސިފަތަކުގެ ހަ މޮޑެލް އެއް ހިމެނި އިރު ރާއްޖޭގެ މޮޑެލް އެއްގެ ގޮތުގައެވެ.

ވޯގް އިންޑިއާގެ މިމަހުގެ އަދަދުގައި ދިވެހި މޮޑެލެއްގެ ގޮތުގައި ރައުދާ ހިމަނާފައިވާއިރު ސަރަހައްދުގެ އިތުރު ފަސް ގައުމަކުން ފަސް މޮޑެލެއް މިއަދަދުގައި ހިމަނާފައިވެއެވެ. އެގޮތުން ބޫޓާން، ނޭޕާލް، ބަންގްލަދޭޝް، ސްރީ ލަންކާ އަދި އިންޑިއާގެ މޮޑެލުން ހިމަނާފައިވެ އެވެ.

އެ މަޖައްލާގައި ރައުދާ ހިމަނާފައިވާއިރު ރައުދާ މަޝްހޫރުވެފައިވަނީ ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ފޮޓޯއަކުންނެވެ. އެ ފޮޓޯގައި ރައުދާގެ ވިލު ނޫ ކުލައިގެ ކަޅި ރީއްޗަށް ފެނެއެވެ. ވޯގް މަޖައްލާއަށްވެސް ރައުދާ ފާހަގަވީ ރާއްޖޭގެ ފޮޓޯގްރަފަރެއް ކަމުގައިވާ ޝިފާޒް (ސޮއްޓި) ނަގާފައިވާ "މޯލްޑިވިއަން ގާލް ވިތް އަކުއާ ބްލޫ އައިސް"ގެ ނަމުގައި އާންމުވި މި ފޮޓޯ އިން ކަމަށް ވޯގް މަޖައްލާގައި ބުނެފައިވެއެވެ.

ރައުދާ އާތިފް - ފޮޓޯ: ސޮއްޓި

ރައުދާ މިހާރު ދަނީ ޑޮކްޓަރަކަށް ވުމަށް ކިޔަވަމުންނެވެ. އެމްބީބީއެސް ކޯސް ފުރިހަމަކުރަމުން އަންނަ ރައުދާ ވޯގް ގައި ބުނެފައިވާ ގޮތުގައި ކެރިއަރެއްގެ ގޮތުގައި ކުރާ ކަމަކަށް ވުރެ ބޮޑަށް މޮޑެލް ކުރުމަކީ ހޮބީއެކެވެ.

ވޯގް އިންޑިއާގެ މިމަހުގެ އަދަދުގައި ބުނެފައިވާ ގޮތުގައި ރައުދާ އޭނާގެ ކެރިއާ ފަށާފައި ވަނީ ތިމާވެށީގެ ކެމްޕޭނަކުން، އުމުރުން އެންމެ 14 އަހަރުގައެވެ.

comment ކޮމެންޓް