ކްލީކް ކޮލެޖުގެ ދަރިވަރުން ސްޓަޑީ ޓުއާއެއްގައި މެލޭޝިއާ އަދި ސިންގަޕޫރަށް

ކްލީކް ކޮލެޖުގެ މިއަހަރުގެ ސްޓަޑީ ޓުއާގެ ސްޕޮންސަރުންނާއި ޕާރޓްނަޝިޕް އެގްރީމަންޓް ހަވާލު ކުރުމަށާއި ސްޓަޑީ ޓުއާ ގައި ބައިވެރިވާ ދަރިވަރުންގެ ބެލެނިވެރިންނާއި ބައްދަލު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ކްލިކް ކޮލެޖް

ކްލިކް ކޮލެޖްގައި ކިޔަވާ ދަރިވަރުންނަށް އެކުދިން ކިޔަވާ ފިލާވަޅުތަކުގެ އިތުރުން އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ކޮންމެ އަހަރަކު އެ ކޮލެޖުން ކުރިއަށްގެންދާ "ލާނިންގް އެކްސްޕެޑިޝަންސްޓަޑީ ޓުއާ" ގައި މިއަހަރު މެލޭޝިއާ އަދި ސިންގަޕޫރަށް ދިއުމަށް ނިންމައިފި އެވެ.

ފުޅާވަމުން އަންނަ ސިނާއީ މާހަލުތަކަށް ދަރިވަރުން ހާނުވާ ދަރިވަރުން ޒިންމާދާރުކޮށް އެހީތެރިވެދިނުމުގެ މަގްސަދުގައި ކްލިކް ކޮލެޖުން ކުރިއަށްގެންދާ އެ ސްޓަޑީ ޓުއާގައި ވޭތުވެ ދިޔަ ދެ އަހަރު ގޮސްފައިވަނީ ލަންކާ އަދި ދުބާއީއަށެވެ.

މިއަހަރުގެ ސްޓަޑީ ޓުއާގައި ޖުމްލަ 36 ދަރިވަރުން ބައިވެރިވާއިރު ދަތުރުގައި މެލޭޝިއާ އަދި ސިންގަޕޫރުގެ ބޮޑެތި ފެކްޓްރީ ތަކަށާއި ޔުނިވާސިޓީތަކަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. ދަތުރުގެ ބައިވެރިން ފުރަން ހަމަޖެހިފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ.

އޭގެތެރޭގައި ޝާހު އާލަމް އިންޑަސްޓްރިއަލް ސިޓީ، ހެރިއެޓްވޮޓް ޔުނިވާރސިޓީ، ޕެޓްރޯނަސް ޓަވާ ޔުނިވާރސަލް ސްޓޫޑިއޯ އަދި ސަންޓޯސާ އައިލެންޑް ހިމެނެއެވެ. އަދި އެހެން އަހަރުތަކޭ އެއްފަދައިން މިއަހަރުގެ ޓުއާގައިވެސް ދަރިވަރުންނަށް އެސައިންމަންޓާއި ޕްރެޒެންޓޭޝަން އަދި ރިސާޗް ހަވާލުކުރުމާ އިތުރު ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް ކްލިކް ކޮލެޖުން ބުނެއެވެ.

ކްލިކް ކޮލެޖުގެ މިއަހަރުގެ ސްޓަޑީ ޓުއާ ސްޕޮންސާ ކޮށްފައިވަނީ ވެލިގާ ހާރޑްވެއާ އާއި ތިލަފުށި ކޯޕަރޭޝަން އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ އިތުރުން ޓްރެވަލް ޕާޓްނަރު ސަންލޭންޑް ޓްރެވަލް އެވެ. އަދި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ފަރާތްތަކަށް ވަނީ ޕާޓްނާޝިޕް އެގްރީމެންޓްތައް ހަވާލުކޮށްފަ އެވެ.

comment ކޮމެންޓް