ގައުމީ ބާސްކެޓްބޯޅަ ލީގުގައި ރޭ ކުޅުނު މެޗު ވާދަވެރި ކުޅުމަކަށް ފަހު އެއް ޕޮއިންޓްގެ ތަފާތުން ރެޑް ލައިން ކުލަބުގެ މައްޗަށް ދަ ބައުސް ސްޕޯޓްސް އިން ކުރި ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު އެ މެޗު ބައުސް އިން ކާމިޔާބު ކުރީ 70-69 ޕޮއިންޓުން ރެޑްލައިންގެ މައްޗަށް ކުރި ހޯދައިގެންނެވެ.
އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބައުސްގެ ބިދޭސީ ކުޅުންތެރިޔާ މާކޯ ސެމިނޮވިކް އެވެ. އޭނާ ވަނީ ބައުސްއަށް 29 ޕޮއިންޓް އެއްކޮށްދީފަ އެވެ. ރެޑްލައިންއަށް އެންމެ ގިނަ ޕޮއުންޓް އެއްކޮށްދިނީ 20 ޕޮއިންޓް ހޯދައިދިން މުހައްމަދު ޒިލާލް އެވެ.
ރޭ ކުޅުނު ފުރަތަމަ މެޗު ކުޑަ ހެންވާރު ޔުނައިޓެޑް ކާމިޔާބު ކުރީ 69-66 ޕޮއިންޓުން އެލްޓީ ސްޕޯޓްސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެލްޓީ ސްޕޯޓްސްގެ ރޯހަން ޕެތަނީ އެވެ.
ބައުސް އާއި ރެޑްލައިންގެ އިތުރިން ދެން އެ މުބާރާތުގައި ވާދަކުރަނީ އެލްޓީ ސްޕްޓޯސް ކްލަބާއި ކުޑަ ހެންވޭރު ޔުނައިޓެޑްގެ އިތުރުން ރެޑް ލައިން އާއި ޓީރެކްސް އެވެ. ލީގު އުސޫލުން ކުރިއަށް ގެންދާ އެ މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ދެ ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.