ގައުމީ ބާސްކެޓްބޯލް ލީގުގެ ފުރަތަމަ މެޗު ރެޑްލައިނުން ކާމިޔާބުކޮށްފި

ގައުމީ ބާސްކެޓްބޯލް ލީގުގައި ރޭ ރެޑްލައިނާއި ޓީރެކްސް ކުޅުނު މެޗުގެ ތެރެއިން---

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ މެޗު ވާދެވެރި ޓީރެކްސް ބަލިކޮށް ރެޑްލައިން ކްލަބް ކާމިޔާބުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓްގައި ރޭ ފެށި އެ މުބާރާތުގެ ފުރަތަމަ މެޗު ވާދަވެރި ކުޅުމަކަށް ފަހު ރެޑްލައިނުން ކާމިޔާބުކުރީ 79-74 ޕޮއިންޓުން ޓީރެކްސް ބަލިކުރުމަށްފަހު އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޓީރެކްސްގެ ބިދޭސީ ކުޅުންތެރިއާ ރިކިން ޕެތާނީ އެވެ.

މެޗުގައި ރެޑް ލައިން ކްލަބަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 20 ޕޮއިންޓް އެއްކޮށްދިން އެލަން ޓްރެޕަލޮވަޗެވެ. ޓީރެކްސް އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ 30 ޕޮއިންޓް އެއްކޮށްދިން ޕެތާނީ އެވެ.

ގައުމީ ބާސްކެޓްބޯލް ލީގުގައި ޓީރެކްސް އާއި ރެޑްލައިންގެ އިތުރުން ދެން ހިމެނެނީ އެލްޓީ ސްޕޯޓްސް ކްލަބާއި ދަ ބައުސް ސްޕޯޓްސް ކްލަބް އަދި ކުޑަހެންވޭރު ޔުނައިޓެޑެވެ. ޗެމްޕިއަންކަން ލިބޭނީ ލީގު އުސޫލުން ދެ ބުރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.

comment ކޮމެންޓް