އުނޫޝާ ގެ ލަވަޔާއެކު އެންމެނަށް ޗެލެންޖެއް

އަޟްހާ ޢީދު (ބޮޑު އީދު) ފާހަގަ ކުރުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހާއްސަ އެތައް ހަރަކާތެއް ހިންގަމުންދާއިރު މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) ހާއްސަ ޗެލެންޖެއް ފަށާފައެވެ. "ތެމުނަސް ހެޔޮ" ނަމުގައި ކުރިއަށްގެންދާ އެޗެލެންޖުގެ މަގުސަދަކީ ދަރުމައަށް މަސައްކަތް ކުރުމެވެ.

އެކުވެރިކަން އާލާ ކުރުމަށް ފެން ނުވަތަ ކުލަ ޖަހައިގެން އެޗެލެންޖުގައި ބައިވެރިވެވޭނެއެވެ. އީދު އުފަލާއެކު ކޮށްލަން މިއީ ރަނގަޅު ކަމެކެވެ.

ރީތި ލަވައަކާއެކު އުނޫޝާ މިއަދު ފެށި އެޗެލެންޖާއި ގުޅޭގޮތުން އޭނާ ބުނީ މަގުސަދަކީ އުމުރުން ދުވަސްވީ ފަރާތްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީވުމުގެ ރޫހު އާލާ ކުރުން ކަމަށެވެ. އަދި ދަރުމައަށް މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމަކީވެސް އޭނާގެ މަގުސަދެކެވެ.

"މިޗެލެންޖަކީ ދަރުމައަށް މަސައްކަތް ކުރައްވާ ފަރާތްތަކަށް އެހީވެ މުޖުތަމައުގެ އިތުރަށް ހޭލުންތެރި ކުރުމަށް ފެއްޓި ޗެލެންޖެއް،" އުރޫޝާ ބުންޏެވެ.

އެޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު އެންމެހާ ދިވެހިންނަށް ހުޅުވާލާފައިވާއިރު އިސްވެ ފާހަގަކުރި ފަރާތްތަކަށް އެހީތެރިވާނެ ކަމަށްބުނެ މީހަކު ތެއްމާލުމަށް ފަހު ނުވަތަ ކުލަ ޖެހުމަށްފަހު އެފޮޓޯ ނުވަތަ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުން ޗެލެންޖުގައި ބައިވެރިވެވެއެވެ. އެޗެލެންޖުގެ ޕޯސްޓްތައް ސޯޝަލް މީޑިއާއަށް ޝާއިއު ކުރާއިރު ThemunasHevey# ޓެގް ކުރުން މުހިންމެވެ. ޗެލެންޖު ކުރިއަށް ދަނީ އީދު ބަންދު ނިމެންދެނެވެ.

"ތެމުނަސް ހެވޭ" ގެ ނަމުގައި އީދަށް ހާއްސަކޮށްގެން އުނޫޝާ ވަނީ ހާއްސަ ލަވައެއްވެސް ގެނެސްދީފައެވެ.

comment ކޮމެންޓް