ނަޝީދު ސަރުކާރުގެ ކޮރަޕްޝަންތައް ތަހުގީގު ކުރިނަމަ މާ ރަނގަޅުވާނެ: ސަންދާން ލުތުފީ

ސަންދާން ލުތުފީ -- ސަން ފައިލް ފޮޓޯ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް އަލްޖަޒީރާ އިން ތަހުގީގު ކުރެއްވި ނަމަ މާ ރަނގަޅުވީސް ކަމަށް އިބްރާހިމް ލުތުފީ (ސަންދާން ލުތުފީ) ވިދާޅުވެއްޖެ އެވެ.

މިހާރުގެ ސަރުކާރަށާއި ކުރީގެ ރައީސް ނަޝީދަށް ފާޑުވިދާޅުވަމުން ގެންދަވާ ސަންދާން ލުތުފީގެ ފޭސްބުކް އެކައުންޓުގައި މިދިޔަ ބުރާސްފަތި ދުވަހު ބުނެފައި ވަނީ، ކުރީގެ ރައީސް ނަޝީދު ސްޕޮންސާ ކުރައްވައިގެން އަލްޖަޒީރާ އިން ނެރުނު ޑޮކިއުމަންޓަރީ "ސްޓީލިން ޕެރަޑައިސް" އިން ރައީސް ޔާމީންގެ ކޮރަޕްޝަންއާ ގުޅޭ އާކަންތައްތަކެއް ހާމަކޮށްފައިނުވާ ކަމަށެވެ.

އޭގެ އިތުރުން އެ ރިޕޯޓުގައި ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ އެއްވެސް ގަބޫލުކުރެވޭނެ ހެއްކެއް ދެއްކިފައިނުވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެގެން އެކި ގޮތްގޮތުން އަނިޔާ ލިބިވަޑައިގެންފައިވާ ސަންދާނު ލުތުފީގެ ޓުވިޓާ އެކައުންޓުގައި އަލްޖަޒީރާގެ ތަހުގީގު ޓީމުގައި ހިމެނޭ ނޫސްވެރިޔާ ވިލް ޖޯޑަން ޓެގްކޮށް، އޭނާގެ ފޭސްބުކް މެސެޖު ހިއްސާކުރަމުން ވިދާޅުވެފައި ވަނީ، ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރެއްވި ނަމަ މާރަނގަޅުވީސް ކަމަށެވެ.

comment ކޮމެންޓް