ރާއްޖޭގައި ސްކޭޓްބޯޑް ކުރިއެރުވުމަށް އެމެރިކާގެ ތަޖުރިބާ ކާރެއް އަންނަނީ

ބްރެންޑޮން ސްކޭޓް ކުރުމުގައި ހަރަކާތްތެރި ވަނީ ---

ރާއްޖޭގައި ސްކޭޓްބޯޑަރުނަށް ތަމްރީން ޕްރޮގްރާމްތަކެއް ހިންގައި އެ ކުޅިވަރު ރާއްޖޭގައި ކުރިއެރުވުމަށް އެމެރިކާގެ ތަޖުރިބާކާރެއް ރާއްޖެ އައުމަށް ހަމަޖެހިއްޖެއެވެ.

ރާއްޖެއާއި ލަންކާއަށް ހާއްސަ ކޮށްގެން އެމެރިކާގައި ހުންނަ އެމެރިކަން އެމްބަސީގެ އިސްނެގުމުގެ މަތިން މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އާއި ރާޅުގަނޑު ސްކޭޓް ޕާކް ގުޅިގެން ރާއްޖެއަށް ގެންނަނީ އެމެރިކާގެ ސްކޭޓިއެސްޓަންގެ އޮޕަރޭޝަން ޑިރެކްޓަރު ބްރެންޑޮން ގޮމޭޒް އެވެ.

ބްރެންޑޮން ސްކޭޓް ކުރުމުގައި ހަރަކާތްތެރި ވަނީ ---

ރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރުން ބުނީ މިމަހު 17 އިން ފެށިގެން 22ގެ ނިޔަލަށް ބްރެންޑަން ރާއްޖޭގައި މަޑުކުރުމަށް ހަމަޖެހިފައިވާއިރު، މާލޭގެ އިތުރުން ބ. އަތޮޅު ގޮއިދޫގައި ސްކޭޓްބޯޑިންގެ ޕްރޮގްރާމް ތަކެއް ހިންގާނެކަމަށެވެ.

ބްރެންޑޮންގެ އެ ހަރަކާތް ނިންމާލުމުގެ ގޮތުން 22 ވަނަ ދުވަހު އާޓިފިޝަލް ބީޗްގައި އާންމުންނަށް ހުޅުވާލައިގެން ސްކޭޓްބޯޑިން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ބްރެންޑޮން އަންނަނީ ދުނިޔޭގައި ސްކޭޓްބޯޑިން ކުރިއެރުވުމަށް ހިލޭ ސާބަހައް މަސަތްކަތް ކުރާ އެންޖީއޯއެއް ކަމަށްވާ ސްކޭޓިއަސްޓަންގެ އޮޕަރޭޝަން ޑިރެކްޓަރުގެ ގޮތުގައި 2011 އިން ފެށިގެން މަސަތްކަތް ކުރަމުންނެވެ.

އެމެރިކާގެ ސްކޭޓްބޯޑް ތަޖުރިބާ ކާރެއް ކަމުގައިވާ ބްރެންޑޮން ---

ބްރެންޑޮންގެ މަސަތްކަތް، ސްކޭޓިއަސްޓަން އިން އޭނާ ފެށީ ހަނގުރާމައިގެ ސަބަބުން ސުންނާފަތި ވެފައިވާ އަފްގާނިސްތާނުގެ ވެރިރަށް ކާބުލްއިންނެވެ. އޭނާ ވަނީ އަފްގާންގެ އިތުރުން ކެމްބޯޑީއާގެ ޒުވާނުންނަށް ވެސް ސްކޭޓިން ޕްރޮގްރާމް ތަކެއް ހިންގާފައެވެ.

ބްރެންޑޮން އެންމެ ބޮޑަށް ފާހަގަ ކޮށްލެވުނީ ދެކުނު އެފްރިކާގެ ޖޮހުންސްބާގްގައި ސްކޭޓިއަސްޓަންގެ ފަރާތުން ހުޅުވި ސްކޭޓް ސްކޫލް ވުޖޫދަށް ގެނައުމަށް ކުރި ބުރަ މަސަތްކަތްތަކުގެ ސަބަބުންނެވެ.

comment ކޮމެންޓް