ޗެމްޕިއަން ފެލްކޮން ޔުނައިޓެޑާއި ޗެލެންޖާސް އެފްސީ ފައިނަލަށް

ހއ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އަރުތަ ސްޕޯޓްސްއިން ކުރިއަށްގެންދާ ޔުނިޓީ ކަޕްގެ ތެރެއިން --- ފޮޓޯ: އަރުތަ ސްޕޯޓްސް

ޔުނިޓީ ކަޕް ފުޓްސަލް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ފެލްކޮން ޔުނައިޓެޑް އެސްސީ އާއި ޗެލެންޖާސް އެފްސީން ފައިނަލަށް ދަތުރުކޮށްފި އެވެ.

ހއ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އަރުތަ ސްޕޯޓްސްއިން ކުރިއަށްގެންދާ ޔުނިޓީ ކަޕްގެ ފައިނަލަށް ތަކަންދޫގެ ފެލްކޮން އެސްސީ ދަތުރުކުރީ ސެމީ ފައިނަލުގައި ތަކަންދޫގެ ކްލަބު ކޭކޭގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަދި ފައިނަލުން ވަށަފަރުގެ ޗެލެންޖާސް އެފްސީ ޖާގަ ހޯދީ ސެމީގައި އެންމެ ފަހުގެ ރަނަރަޕް ތަކަންދޫގެ އެސްސީ ވެލޯރަސް އަތުން މޮޅުވެގެންނެވެ.

ހއ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އަރުތަ ސްޕޯޓްސްއިން ކުރިއަށްގެންދާ ޔުނިޓީ ކަޕްގެ ތެރެއިން --- ފޮޓޯ: އަރުތަ ސްޕޯޓްސް

ކުޅިވަރު އެކުވެނި ވެލިދަނޑުގައި މިރޭ ކުޅުނު ސެމީގެ މެޗުގައި ކްލަބު ކޭކޭ އަތުން ފެލްކޮން ޔުނައިޓެޑް އެސްސީ މޮޅުވެފައިވަނީ ވާދަވެރި ކުޅުމަކަށްފަހު 8-7 ލަނޑުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ކްލަބު ކޭކޭގެ ހަމްދޫން އަބްދުލް ކަރީމެވެ.

ސެމީގައި މިރޭ އެސްސީ ވެލޯރަސްގެ މައްޗަށް ޗެލެންޖާސް އެފްސީން ކުރި ހޯދާފައިވަނީ 3-2 ލަނޑުގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ޗެލެންޖާސް އެފްސީގެ މުހައްމަދު ޒާއިދު އެވެ.

ފެލްކޮން ޔުނައިޓެޑާއި ޗެލެންޖާސް އެފްސީ ބައްދަލުކުރާ އެ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 8:45 ގައެވެ.

ހއ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އަރުތަ ސްޕޯޓްސްއިން ކުރިއަށްގެންދާ ޔުނިޓީ ކަޕްގެ ތެރެއިން --- ފޮޓޯ: އަރުތަ ސްޕޯޓްސް

އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާ އިރު، ރަނަރަޕް ޓީމަށް 5000 ރުފިޔާ ހުށަހަޅާފައިވެ އެވެ. ޗެމްޕިއަން އަދި ރަނަރަޕްގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި، އެންމެ އުންމީދީ ކުޅުންތެރިޔާ އާއި، ފެއާޕްލޭ ޓީމާއި ކުޅިވަރުގެ ރޫހާ އެއްގޮތަށް ސަޕޯޓްކުރާ ޓީމާއި، އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާ އަދި ޑްރީމް ޓީމު ހޮވުމަށް ހަމަޖެހިފައިވެ އެވެ.

ޔުނިޓީ ކަޕްގެ ކޯ ސްޕޮންސަރުންނަކީ ރަވިންސް ކިޗަން އެންޑް ކެފޭ އާއި ތިލަފުށި ކޯޕަރޭޝަން އަދި 2އޭ ކޮމްޕެނީ އެވެ. އެސޯސިއޭޓް ޕާޓްނަރަކީ ބްލެކް ފައުޑޭޝަނެވެ. ބެވަރޭޖް ޕާޓްނަރަކީ ކޮކާ ކޯލާ އެވެ. އަދި ޓެލެކޮމް ޕާޓްނަރަކީ ދިރާގެވެ.

comment ކޮމެންޓް