ދޫންޏެއް ޖެހި، އިންޖީނުގައި އަލިފާން ރޯވެ ގަތަރު އެއާވޭސްގެ ފްލައިޓެއް އެމަޖެންސީގައި ޖައްސައިފި

ގަތަރު އެއާވޭސްގެ ފްލައިޓަކަށް ވޯޓާ ސެލިއުޓް އަރުވަނީ ---

މެދު އިރުމަތީގެ އެންމެ ބޮޑު އެއް އެއާލައިންކަމަށްވާ، ގަތަރު އެއާވޭސްގެ ފްލައިޓެއްގެ އިންޖީނެއްގައި ދޫންޏެއް ޖެހުމުގެ ސަބަބުން، އިންޖީނުގައި އަލިފާން ރޯވެ، އިމަޖެންސީގައި ތުރުކީގެ އެންމެ ބޮޑު ސިޓީ، އިސްތަންބޫލް އަށް އެނބުރި ޖައްސައިފިއެވެ.

އޭވިއޭޝަން އޮފިޝަލުންނާއި ގަތަރު އެއާވޭސް އިން ބުނީ، އެ ފްލައިޓުގެ ވާތްފަރާތު އިންޖީނުގައި އަލިފާން ރޯވުމުގެ ހާދިސާގެ ސަބަބުން ފްލައިޓުން ދަތުރުކުރަމުންދިޔަ އެއްވެސް ފަސިންޖަރަކަށް އަދި ކުރޫ އަކަށް ވެސް އަނިޔާއެއް ނުލިބި ސަލާމަތްވެފައިވާ ކަމަށެވެ.

ފްލައިޓް އަނބުރާ އިސްތަންބޫލަށް ޖައްސާފައިވަނީ ޓޭކްއޮފް ކުރިތާ 40 މިނެޓު ފަހުންނެވެ. އޭވިއޭޝަން އޮފިޝަލުން ބުނާގޮތުން، އަލިފާން ރޯވެފައިވަނީ ދޫންޏެއް އިންޖީނުގައި ޖެހުމުންނެވެ.

އިސްތަންބޫލްގެ އަތަތުކް އެއާޕޯޓުން ދޯހާ އަށް ދަތުރުކުރަމުންދިޔަ ގަތަރު އެއާވޭސްގެ އެއާބަސް އޭ330 ފްލައިޓުގައި 298 ފަސިންޖަރުންނާއި 14 ކުރޫއިން ތިބި ކަމަށެވެ.

"އިސްތަންބޫލްގެ އަތަތުކް އެއާޕޯޓުން ދޯހާއަށް ދަތުރުކުރަމުންދިޔަ ކިއުއާރު240 ގެ މަތިންދާބޯޓު އެނބުރި އިސްތަންބޫލަށް ރައްކާތެރިކަމާއެކު ޖައްސާފައިވާކަން ގަތަރު އެއާވޭސް އިން ކަށަވަރުކޮށްދެން،" ގަތަރު އެއާވޭސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

comment ކޮމެންޓް